ENGLISH

19 އޭޕްރީލު 2025

Advertisement

ކޮޕަ ޑެލް ރޭ: ބާސާ އާއި އެތުލެޓިކޯ ކުއާޓަރ އަށް

16 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ޔަމާލް (ކ) ބެޓިސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް

ކޮޕަ ޑެލް ރޭ ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑު އެ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ވާދަވެރި ރެއާލް މެޑްރިޑް 5-2 އިން ބަލިކޮށް، ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރުމަށްފަހު، ރޭގެ މެޗަށް ބާސެލޯނާ ނުކުތީ އާއްމުކޮށް ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު ވަނީ 5-1 ގެ ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކޮށްފައެވެ.

މި މެޗުގައި ބާސެލޯނާގެ ލަނޑުތައް ޖަހައިދިނީ ގަވީ، ޖޫލްސް ކޫންޑޭ، ރަފީނިއާ އާއި ފެރާން ޓޮރޭޒް އަދި ލަމީން ޔަމާލް އެވެ. މީގެތެރެއިން، ދެ ގޯލުޖެހުމަށް އެހީތެރިވެދިނީ ޔަމާލް އެވެ.

ބެޓިސް އިން ޖެހި ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ލޯނެއްގައި އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް، ވިޓޯ ރޮކޭ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އެތުލެޓިކޯ ވަނީ ރަށުން ބޭރުގައި އެލްޗޭ އަތުން 4-0 އިން މޮޅުވެފައެވެ. މި މެޗުގައި އެތުލެޓިކޯ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ އަލެކްސެންޑާ ސޯލޯތު އެވެ. އެ ޓީމުގެ އަނެއް ދެލަނޑު ޖަހައިދިނީ ރޮޑްރިގޯ ރިކުއެލްމޭ އާއި ހޫލިއަން އަލްވަރޭޒް އެވެ.

ކިޔުންތެރިންގެ ހިޔާލު