ENGLISH

20 އޭޕްރީލު 2026

Advertisement

އެފްޑީސީ ޓަވަރުތަކުގައި ފިހާރަތައް ހުޅުވުމާއެކު އަސާސީ ހިދުމަތްތައް ކަށަވަރުކުރުމުގެ މަސައްކަތް ފަށައިފި

20 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އެފްޑީސީ ޓަވަރުތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރަން ކުރާ މަސައްކަތުގެ ތެރެއިން.

ފަހި ދިރިއުޅުން ކޯޕަރޭޝަން-- އެފްޑީސީން ތަރައްގީކޮށްފައިވާ ފްލެޓްތަކުން ވިޔަފާރިއަށް ދޫކޮށްފައިވާ ޖާގައިގެ ތެރެއިން ފުރަތަމަ ފިހާރަ މިމަހުގެ ނިޔަލަށް ހުޅުވައި އެ ސަރަހައްދުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ. 

އެފްޑީސީގެ އަމާން ދޯދި އަދި އަމާން އުދަރެސް ޕްރޮޖެކްޓްގައި ޖުމުލަ 127 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެތަންތަނުގައި މިދިޔަ ސެޕްތެމްބަރުމަހުގެ ތެރޭގައި މީހުން ދިރިއުޅެން ފަށާފައިވީނަމަވެސް ފިހާރަތައް ނެތުމާއި އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމަކީ ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުމެކެވެ.

އެފްޑީސީ ޓަވަރުތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރަން ކުރާ މަސައްކަތުގެ ތެރެއިން. 

މިކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "އެމްއެމްޓީވީ"އަށް ވިދާޅުވީ އެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރީ ސަރުކާރުން އިހުމާލުވެފައިވާ އަސާސީ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތަށް ބޭނުންވާ ފަންޑު ހަމަޖައްސައިގެން އެ މަސައްކަތް މިހާރު ފަށަފައިވާކަމަށެވެ. 

މީގެ ތެރޭގައި ފިހާރަތަށް ގާއިމުކުރުމާއި، ޓަވަރުތަކަށް ބްރޯޑްބޭންޑް އިންޓަނެޓާއި މީޑިއާނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޖީ-ޕޮން ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރަށް ޔުނިޓްތައް ހިމެނޭ ސަރަޙައްދު ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފަ އެވެ. އަދި އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ފުރޮޅުލީ ގޮނޑި ބޭނުންކުރާ އަދި ޑަޔަލިސިސް ހަދަންޖެހޭ ފަރާތަތަކަށް ބޭނުންވާ ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން 48 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގައި އެފަދަ މީހުންނަށް ފަސޭހައިން ހިނގާބިނގާވެ އުޅޭނެ މަގުތައް ވަނީ ހަދައި ނިންމާފަ އެވެ. 

އެފްޑީސީ ޓަވަރުތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރަން ކުރާ މަސައްކަތުގެ ތެރެއިން. 

އެ ސަރަހައްދުގައި ފިހާރަތަށް ގާއިމުކުރަނީ ޒޯންތަކަށް ބަހާލައިގެން ނެވެ. އެގޮތުން ކޮންމެ ސަރަހައްދަކަށްވެސް މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ތަރައްގީކުރާނެ އެވެ. އަދި 10 މިނެޓުން ހިނގާފަދެވޭ ދުރުމިނުގައި ތަރުކާރީ އަދި މޭވާ ވިއްކާ މާރުކޭޓުތައް ގާއިމުކޮށް، ކެފޭ، ރެސްޓޯރަންޓްގެ ހިދުމަތަށް ހާއްސަކޮށްފަވާ ޔުނިޓްތައް ވެސް މީގެ ތެރޭގައި ހިމެނޭނެކަމަށް އެފްޑީސީން މައުލޫމާތު ދެއެވެ. ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާ، ފާމަސީ، ވެލްނެސް ސެންޓަރުތަކާއި ބޭންކިންއާއި ޕޯސްޓްގެ ހިދުމަތް ދިނުމަށްވެސް އެ ަސަރަހައްދުން ވަނީ ޖާގަ ދޫކޮށްފަ އެވެ. މީގެތެރޭގައި ސަރުކާރުގެ ޖެނެރަލް ޕްރެކްޓިސް (ޖީ.ޕީ) ކްލިނިކްއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ތަރައްގީކުރާ އެމްޕަވަރމެންޓް ހަބެއް ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. 

އެފްޑީސީ ޓަވަރުތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކުރަން ކުރާ މަސައްކަތުގެ ތެރެއިން. 

އެފްޑީސީގެ އަމާން ދޯދި އަދި އަމާން އުދަރެސް ޕްރޮޖެކްޓްގައި ޖުމުލަ 127 ހައުސިން ޔުނިޓް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު