ENGLISH

19 އޭޕްރީލު 2025

Advertisement

ފޮރެސްޓް އަތުން ލިވަޕޫލަށް ޕޮއިންޓެއް

15 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ފޮރެސްޓާ ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނޮޓިންގހަމް ފޮރެސްޓާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 1-1 އިން އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު، އަދިވެސް އެއްވަނައިގައި އުޅެނީ ލިވަޕޫލެވެ. ލިވަޕޫލަށް 20 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ފޮރެސްޓެވެ. ތިންވަނައިގައި އޮތް އާސެނަލަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.

ފޮރެސްޓްގެ ސިޓީ ގްރައުންޑްގައި ރޭ ކުޅުނު މެޗު ފެށިތާ 8 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އޮސްޓްރޭލިއާގެ ފޯވާޑް، ކްރިސް ވުޑް އެވެ. މިއީ ލީގުގައި އޭނާ ޖެހި 13 ވަނަ ގޯލެވެ.

މި މެޗުގައި ލިވަޕޫލަށް އެއްވަރުކޮށްދިން ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޖޮޓާ އެވެ. ޖޮޓާ މި ލަނޑުޖެހީ ފަހު ހާފުގައި އޭނާ އާ އެކު ކުޅެން ނުކުތް ގްރީސްގެ ފުލްބެކް، ކޮސްޓާސް ސިމިކާސް ނަގައިދިން ކޯނަރެއްގެ އެހީގައި ބޮލުންނެވެ. އޭނާ މި ލަނޑުޖެހީ ކުޅެން އެރިތާ 22 ވަރަކަށް ސިކުންތުގެ ތެރޭގައެވެ.

ލިވަޕޫލަށް ލަނޑެއް ޖަހައިދޭން މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އާއި ޖޮޓާ ފޮނުވާލި ބޯޅަތައް ފޮރެސްޓްގެ ގޯލްކީޕަރު، މެޓްޒް ސެލްސް ވަނީ ހުއްޓުވައިފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށްފައެވެ. މިއީ އައު ކޯޗު، ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ލީގުގައި ވެސްޓް ހޭމް ކުޅުނު ފުރަތަމަ މެޗެވެ. ޕޮޓާއާ އެކު ނުކުތް ފުރަތަމަ މެޗުގައި އެފްއޭ ކަޕްގައި އެސްޓަން ވިލާ އަތުން އެ ޓީމު ވަނީ 2-1 އިން ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު