ENGLISH

15 ފެބްރުއަރީ 2026

Advertisement

ނައިވާދޫން ޗެމްޕިއަންކަން ހޯދި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

15 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފް، އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފް، އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވާދަކުރީ ހދ. ނައިވާދޫ އާއި ގއ. ދެއްވަދޫ އެވެ. މި މެޗު 9-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ނައިވާދޫ އެވެ. 

ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި، މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އެމަނިކުފާނު ވަނީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖުވެސް ހަވާލުކޮށްދެއްވާފައެވެ.

މިއީ ނައިވާދޫއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އެޓީމު ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް  ވާދަކޮށްފަ އެވެ. އެކަމަކު އެ ފައިނަލުގައި ވަނީ ކ. ކާށިދޫއާ ވާދަކޮށް 1-4 އިން ބަލިވެފައެވެ. 

މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ވަނީ، މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް، އެކި ގޮތްގޮތުން ފާހަގަކުރެވުނު ކުޅުންތެރިންނާއި ޓީމުތަކަށް ޓްރޮފީ ހަވާލުކުރައްވާފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ، ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަށް އުފެއްދުމުގެ މަޤްޞަދުގައި 2016 ވަނަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވެވޭގޮތަށް، ހުޅުވާލައިގެން ފެށި ފުޓްސަލް މުބާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު