ENGLISH
14 ފެބްރުއަރީ 2026
ރާއްޖެ އެތެރެކުރަން އުޅުނު 36.43 ކިލޯގެ ހަޝީޝް އޮއިލް ކަސްޓަމްސްއިން އަތުލައިގަަނެފި
14 ފެބްރުއަރީ 2026
|
ކަސްޓަމްސްއިން އަތުލައިގަތް ހަޝީޝް އޮއިލްގެ ބަންދުކޮށްފައި ހުރި ބައެއް ޕެކެޓުތައް، ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސާވިސް
އެންމެ މަޤްބޫލު
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36.43 ކިލޯގެ ބަރުދަންހުރި ހަޝީޝް އޮއިލް އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
މީސްމީޑިޔާ މަންސަތަކުގެ ޒަރީއާއިން ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިތަކެތި އަތުލައިގަތީ މާލޭ ވިޔަފާރި ބަނދަރުން، ފެބްރުއަރީ 12 2024 ވަނަ ދުވަހުއެވެ. މި ތަކެތި ހުރީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގެ ތެރޭގައެވެ.
ކސްޓަމްސްއިން ބުނި ގޮތުގައި ފެބްރުއަރީ 12 2026 ވަނަ ދުވަހު އެ ޝިޕްމެންޓު ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމުން އެ ތަކެތިވަނީ ޓެސްޓުކޮށްފައެވެ. ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން އެ ތަކެއްޗަކީ ހަޝީޝް އޮއިލްކަންވަނީ ކަށަވަރުކުރެވިފައެވެ.
އެ އިދާރާއިން އިތުރަށް ބުނެފައިވަނީ މި ޝިޕްމެންޓުން އަތުލައިގަނެވުނު ހަޝިޝް އޮއިލްގެ ބަރުދަނުގައި 36.43 ކިލޯ ހުންނާނެއެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް އަރާނެ ކަމުގައި އެ އިދާރާއިން މައުލޫމާތު ދެެއެވެ.
ކަސްޓަމުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުލުހުންގެ ހިދުމަތަށް ހުށަހަޅައި، އަތުލައިގަނެފައިވާ މަސްތުވަތަަކެތި އެ ހިދުމަތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.