ENGLISH
19 އޭޕްރީލު 2025
ފުލުގައި އޮތް މޮންޒާ އަތުން ފިއޮރެންޓީނާ ބަލިވެއްޖެ
14 ޖެނުއަރީ 2025
|
ފިއޮރެންޓީނާ ކޮޅަށް ލަނޑުޖެހުމަށްފަހު މޮންޒާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: މޮންޒާ
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮންޒާ މޮޅުވެއްޖެއެވެ.
މިއީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން މޮންޒާ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި، މިއީ ލީގުގައި އެ ޓީމު މިހާތަނަށް މޮޅުވި ދެވަނަ ފަހަރު ވެސް މެއެވެ.
މި މެޗުގައި މޮންޒާގެ ލަނޑުތައް ޖަހައިދިނީ ޕެޓްރިކް ސިއުރިއާ އާއި ޑެނިއަލް މަލްޑިނީ އެވެ. ފިއޮރެންޓީނާގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލޫކަސް ބެލްޓްރާން އެވެ.
މި ނަތީޖާއާއެކު، މޮންޒާ އަދިވެސް އޮތީ ތާވަލްގެ އެންމެ ފުލުގައެވެ. މޮންޒާ ކުޅުނު 20 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.
މި މެޗުން ބަލިވި ފިއޮރެންޓީނާ އުޅެނީ ހަވަނައިގައެވެ. އެ ޓީމަށް 19 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، އެއް ޕޮއިންޓް އިތުރަށް ލިބިގެން ފަސްވަނައިގައި އޮތީ ޔުވެންޓަސް އެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ހަތަރުވަނައިގައި އޮތީ ލާޒިއޯ އެވެ. ލާޒިއޯ އަށް 20 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.