ENGLISH

26 ނޮވެމްބަރު 2024

ވޯޓުލާ މީހުންނަށް އީލޮން މަސްކުގެ ފަރާތުން އެއް މިލިއަން ޑޮލަރު ދެވިދާނެ: ކޯޓު

05 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

އީލޯން މަސްކް އަދި 1 މިލިއަން ޑޮލަރުގެ ފުރަތަމަ ނަސީބުވެރިޔާ

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ކެންޑިޑޭޓް ޑްރަމްޕަށް ވޯޓުލާ މީހުންނަށް ބިލިއަނަރު އީލޮން މަސްކްގެ ފަރާތުން އެއް މިލިއަން ޑޮލަރު ދިނުން ކުރިއަށް ގެންދެވިދާނެ ކަމަށް ކޯޓުން ނިންމައިފި އެވެ.

މަސްކްގެ ފަރާތުން ކުރިއަށްގެންދާ މި ފައިސާ ދިނުމުގެ ޕްރޮގްރާމް ނިމުމަކަށް އަންނާނީ އަންގާރަ ދުވަހު ކަމަށާއި، އެންމެ ފަހު ފައިސާ ލިބޭނެ ފަރާތް ވަނީ ކަނޑައަަނޑައަޅާފައި ކަމަށް ހޯމަ ދުވަހު ބޭއްވި ކޯޓު އަޑުއެހުމެއްގައި މަސްކްގެ ވަކީލު ބުނެފައިވެ އެވެ.

އެތައް ބަޔަކު ޤަބޫލުކުރި ގޮތާ ޚިލާފަށް، މި ފައިސާ ލިބޭ މީހުން ހޮވަނީ ލޮޓަރީއެއްގެ އުސޫލުން ނޫން ކަމަށާއި، ގްރޫޕުން އަމިއްލައަށް ހޮވާ ފަރާތްތަކެއް ކަމަށް ވަކީލު ހާމަކުރުމާ އެކު ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ.

ފިލަޑެލްފިއާގެ ޑިސްޓްރިކްޓް އެޓާނީ ލޯރެންސް ކްރާސްނަރ ވަނީ މިއީ "ޤާނޫނާ ޚިލާފު ލޮޓަރީއެއް" ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. މިއީ އިންތިޚާބު ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ސްވިން ސްޓޭޓެއްގެ ވޯޓަރަކަށް މި ފައިސާ ދޭނެ ކަމަށް މަސްކް އިޢުލާނުކުރުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

އަޑުއެހުމުގައި މަސްކްގެ ވަކީލު ކްރިސް ގޯބަރ ބުނެފައި ވަނީ "އެއް މިލިއަން ޑޮލަރު ލިބޭ ފަރާތްތައް ހޮވަނީ ރެންޑަމްކޮށް ނޫން" ކަމަށެވެ. 

"އިންތިޚާބު ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު، ސޮއިކުރާ މީހަކު ހޮވައި އެމެރިކާ ޕީއޭސީގެ ތަމްސީލުކުރާ މީހެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ދޭނެ" ވަކީލް ބުނެފައިވެ އެވެ.

"އަހަރެމެން މިހާރު އިންތިޚާބާ ހަމައަށް، ކޮންމެ ދުވަހަކު، ޕެޓިޝަނުގައި ސޮއިކޮށްފައިވާ މީހުންގެ ތެރެއިން ރެންޑަމްކޮށް ހޮވޭ މީހަކަށް 1 މިލިއަން ޑޮލަރު ދޭނަން" - އިލޯން މަސްކް ކެމްޕޭން އިވެންޓެއްގައި 

މަސްކް ގެންދަވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ކެމްޕޭން ކުރަމުން ގެންދެއެވެ. ޚާއްޞަކޮށް ސްވިން ސްޓޭޓްތަކުގައެވެ. އޭނާގެ ޓީމުން ވަނީ ޕެންސިލްވޭނިއާގައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންގޮސްފައެވެ. އެއީ ސަރވޭތަކުން ދައްކާ ގޮތުގައި އެ ސްޓޭޓުގައި ޓްރަމްޕާއި ޑިމޮކްރެޓިކް ވާދަވެރިޔާ ކަމަލާ ހެރިސް ވާދަކުރައްވަނީ ވަރަށް ހަމަހަމަކޮށް ކަމަށްވާތީ އެވެ. 

ކިޔުންތެރިންގެ ހިޔާލު