ENGLISH

18 އޭޕްރީލު 2025

Advertisement

ޔުނައިޓެޑުން މި މަހު ޔޯކެރޭޝް ގެނައުމަށް މަސައްކަތްކުރާނެ: ރިޕޯޓް

02 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސްޕޯޓިންގެ ފޯވާޑް، ޔޯކެރޭޝް. --ފޮޓޯ: ގެޓީ އިމޭޖަސް

މި ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ސްޕޯޓިންގ ލިޒްބަންގެ ސްވިޑެން ފޯވާޑް، ވިކްޓޯ ޔޯކެރޭޝް ގެނައުމަށް މެންޗެސްޓަރ ޔުނައިޓެޑުން ތައްޔާރަށް އޮތް ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޔޯކެރޭޝް، ސްޕޯޓިންއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ތިން އަހަރު އޮތްއިރު، އޭނާގެ ކޮންޓްރެކްޓް އުވާލަން ގާތްގަނޑަކަށް 80 މިލިއަން ޕައުންޑް (100 މިލިއަން އެމެރިކާ ޑޮލަރު) ގެ ރިލީޒް ކްލޯޒް ދައްކަންޖެހޭނެ އެވެ.

ކުރިން ބެލެވިފައި އޮތީ ޔުނައިޓެޑްގެ މިހާރު ކޯޗު، ރުބެން އަމޯރިމްގެ ކުރީގެ ޓީމު ސްޕޯޓިންގެ އިސް ފޯވާޑް، ޔޯކެރޭޝް ގެނައުމަށް އަމާޒުހިފާފައި އޮތީ ސީޒަން ނިމުމުން ހުޅުވޭ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކަމަށެވެ.

އެކަމަކު، ޔުނައިޓެޑްގެ ސީޒަން ސަލާމަތްކުރުމަށްޓަކައި މި ވަގުތަށް ލަނޑުޖަހާނެ މޮޅު ފޯވާޑެއް ގެނައުމަކީ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކޯޗު، އަމޯރިމް ދެކޭ ކަމަށާއި، އެހެންކަމުން އެ މަގާމަށް އެންމެ އެކަށޭނަ ކުޅުންތެރިއެއްގެ ގޮތުގައި ޔޯކެރޭޝް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ފަހުގެ ޚަބަރުތައް ބުނެއެވެ.

ނަމަވެސް، ޔޯކެރޭޝްގެ ކޮންޓްރެކްޓް އުވާލުމަށް ދައްކަންޖެހޭ 80 މިލިއަން ޕައުންޑުގެ ރިލީޒް ކްލޯޒް ދެއްކެން އޮތީ މިހާރު ޔުނައިޓެޑްގައި ތިބި ބައެއް ކުޅުންތެރިން ވިއްކާލައިގެން ރަނގަޅު އާމްދަނީއެއް ހޯދައިގެން ކަމަށާއި، އެއަށްފަހު އެ ޓްރާންސްފާގެ ކަންތައް ކުރިއަށްގެންދިއުމަށްޓަކައި އެ ކުލަބުގެ މެޖޯރިޓީ ޝެއާހޯލްޑަރުން ކަމަށްވާ، ގްލޭޒާ އާއިލާގެ ހުއްދަ ހޯދަންޖެހޭނެ އެވެ.

މީގެއިތުރުން، ސީޒަނުގެ މެދުތެރެއިން ސްޕޯޓިންގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ޔޯކެރޭޝް ވިއްކާލާ ކަމަށްވާނަމަ، އެ ކުލަބުން އޭނާގެ ކޮންޓްރެކްޓް އުވާލުމަށް ދައްކަންޖެހޭ ރިލީޒް ކްލޯސްގެ އަދަދު އެއްކޮށް ބޭނުންވާނެ ކަމަށް ވެސް ފަހުގެ މީޑިއާ ޚަބަރުތައް ބުނެއެވެ.

މި ފަހަރުގެ ސީޒަނުގެ ލީގުގައި ކުޅުނު 16 މެޗުގައި 18 ލަނޑު ޖަހާފައިވާ ޔޯކެރޭޝް ވަނީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ސްޕޯޓިން އަށް ކުޅެދިން 27 މެޗުގައި 27 ލަނޑު ޖަހައިފައެވެ.

ޔޯކެރޭޝްގެ ޤައުމީ ޓީމުގެ ލަނޑު ޖެހުމުގެ ރެކޯޑަށް ބަލާއިރު، އޭނާ ވަނީ މިހާތަނަށް ކުޅުނު 26 މެޗުގައި 15 ލަނޑު ޖަހައިފައެވެ. މީގެތެރެއިން، ނިމިދިޔަ އަހަރުގެ ތެރޭގައި ޔޯކެރޭޝް ވަނީ 15 މެޗުގައި 13 ގޯލް ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު