ENGLISH

05 ނޮވެމްބަރު 2025

Advertisement

ފުވައްމުލަކު ސިޓީގައި، ސިޓީ ހޮޓަލެއް ތަރައްޤީ ކުރަނީ

05 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ފުވައްމުލަކު ސިޓީގައި، ސިޓީ ހޮޓަލެއް ތަރައްޤީ ކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކުރުން --

ފުވައްމުލަކު ސިޓީގައި، ސިޓީ ހޮޓަލެއް ތަރައްޤީ ކުރަން ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރެއްވުމަށް ބޭއްވި މި ޖަލްސާގައި އެ މަޝްރޫޢުގެ މަަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާ އެވެ.

ޓޫރިސްޓު ހޮޓަލެއް ހެދުމަށާއި ފުވައްމުލަކު ސިޓީގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް އެމްއޭސީއެލްއާ އެކު ޤާއިމުކުރި މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނަޝާތު ރަޝީދެވެ. އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ އާމްދަނީ އިތުރުވާނެހެން، ސީދާ އަދި ނުސީދާ ފައިދާ ލިބޭނެފަދައިން ފުވައްމުލަކު ސިޓީގައި، ސިޓީ ހޮޓާ ތަރައްޤީކުރެއްވުމުގެ ކަންކަންވެސް ކުރިއަށްދާނެ ކަމުގައި ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު