ENGLISH

05 ނޮވެމްބަރު 2025

Advertisement

ފުވައްމުލަކަށް އިތުރު ޖެންސެޓެެއް، ރޯދައިގެ ކުރީން ކަރަންޓް މައްސަލަ މުޅީން ހައްލުވާނެ: ރައީސް

05 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ފުވައްމުލަކު ސިޓީއަށް ކުރިމަތިވެފައިވާ ކަަރަންޓްގެ މައްސަލައަކަށް ދާދި އަވަހަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ކަރަންޓްގެ މައްސަލަކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މިއަދާހަމައަށް ވެސް ފެނަކަ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ހަލުވި ކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ކަރަންޓް މައްސަލަ ހައްލު ކުރެއްވުމަށް މިހާރު ވެސް 1.2 މެގަވޯޓްގެ އިތުރު ޖެންސެޓަކަށް އޯޑަރު ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ރޯދައިގެ ކުރީން އެ ސިޓީއަށް އޮތް ކަރަންޓް މައްސަލައަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު އޯޑަރު ޖަހާފައިވާނެ 1.2 މެގަވޯޓްގެ އިތުރު ޖެންސެޓަކަށް. 1.2 މެގަވޯޓްގެ މި ޖެންސެޓް ގެނެވޭނެ އިރާދަކުރެއްވިއްޔާ ފެނަކައިން މިއަދުވެސް އަޅުގަނޑުމެންނަށް ޔަޤީންކަން ދެއްވި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި. މާނައަކީ ކުރިއަށް އޮތް ރަމަޟާންމަހުގެ ކުރީން އިރާދަކުރެއްވިއްޔާ ކަރަންޓްގެ މައްސަލައަކަށް ރަނގަޅު ހައްލެއް ލިބޭނެ," ރައީސް ވިދާޅުވި އެވެ.

ކަރަންޓްގެ މައްސަލަ އަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މުޅި ރާއްޖެއަށް ވެސް ދިމާވެފައި އޮތް ބޮޑު މައްސަލަ އެކެވެ. އެ މައްސަލަ ހައްލުކުރައްވާ އަސާސީ އެ ޚިދުމަތް ޔަޤީންކޮށް ދެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު