ENGLISH
18 އޭޕްރީލު 2025
ޕެރޭރާގެ ސައްތަ އާއެކު ލަންކާ މޮޅުވިއިރު، ނިއު ޒީލަންޑުން ސީރީޒް ކާމިޔާބުކޮށްފި
02 ޖެނުއަރީ 2025
|
ލަންކާގެ ބެޓްސްމަން، ކުސާލް ޕެރޭރާ ބެޓްކުރަނީ. --ފޮޓޯ: ރޮއިޓާސް
ޓީ20 ތިންވަނަ މެޗުގައި ކުސާލް ޕެރޭރާ ހެދި ސައްތައާ އެކު ސްރީ ލަންކާ މޮޅުވި ނަމަވެސް، ނިއު ޒީލަންޑުން ސީރީޒް ކާމިޔާބުކޮށްފިއެވެ.
މި މެޗުން ލަންކާ މޮޅުވީ ހަތް ލަނޑުންނެވެ.
ނިއު ޒީލަންޑްގެ ނެލްސަންގައި ހުންނަ ސެކްސްޓަން އޯވަލްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. ލަންކާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 218 ލަނޑު ހެދިއެވެ.
ލަންކާގެ އިނިނގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 46 ބޯޅައިން 101 ލަނޑު ހެދި ކުސާލް ޕެރޭރާ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އެ ޓީމުގެ ކެޕްޓަން، ޗަރިތު އަސަލަންކާ ވަނީ 24 ބޯޅައިން 46 ލަނޑު ހަދައިފައެވެ.
ނިއު ޒީލަންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 211 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 69 ލަނޑު ހެދި ރަޗިން ރަވިންދްރަ އެވެ. މީގެއިތުރުން، 17 ބޯޅައިން 35 ލަނޑު ހެދި ޑަރީލް މިޗޭލް އާއި 21 ބޯޅައިން 37 ލަނޑު ހެދި ޓިމް ރޮބިންސަންގެ ކުޅުން ފާހަގަކޮށްލެވުނެވެ.
މި އިނިންގްސްގައި ލަންކާގެ ކެޕްޓަން، އަސަލަންކާ ވަނީ ތިން ވިކެޓް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކި ވަނިންދު ހަސަރަންގާ ދެ ވިކެޓް ނެގިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ލަންކާގެ ބެޓްސްމަން، ޕެރޭރާ ހޮވުނުއިރު، ސީރީޒްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނިއު ޒީލަންޑްގެ ޖޭކޮބް ޑަފީ އެވެ. ޑަފީ ވަނީ ތިން މެޗުގައި 8 ވިކެޓް ނަގައިފައެވެ.