ENGLISH
04 ޖޫން 2025
90 ހާސް ރުފިޔާގެ އިނާމާއެކު ރިވައިވަލްގެ ބެޑްމިންޓަން މުބާރާތް މި މަހު ފަށަނީ
01 ޖެނުއަރީ 2025
|
މީގެކުރީން ބޭއްވި ރިވައިވަލް ޖޫނިއާ މުބާރާތެއްގެ ތެރެއިން. --ފޮޓޯ: ރިވައިވަލް ސްޕޯޓްސް
"ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025" މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމާ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި އުޅޭ އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި އަހަރުގެ މުބާރާތުގެ ފައިސާގެ އިނާމުގެ އަދަދު 90 ހާސް ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ރިވައިވަލް އިން ބުނެއެވެ.
މުޅިން ވެސް އޯޕަން އިވެންޓްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ކުޅިވަރު އެކުވެނީ އެތެރޭ ކޯޓުގައެވެ.
ރިވައިވަލުން ބުނީ، މުބާރާތުގައި 8 އަހަރުން މަތީގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށާއި، ފިރިހެން އަދި އަންހެން ކުދިންގެ އިތުރުން ދެ ޖިންސް ހިމެނޭ ގޮތަށް ބޮޑެތި މީހުންނަށް ސިންގަލްސް އަދި ޑަބަލްސް އިވެންޓް ކުރިއަށްދާނެ ކަމަށެވެ.
މުބާރާތުގައި ކުރިއަށްދާނީ 11، 13، 15، 17، 19 އަހަރުން ދަށުގެ އިތުރުން 19 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ކަމަށް ރިވައިވަލް އިން ބުނެއެވެ.
ސްޕެޝަލް އޮލިމްޕިކްސް އާއި ޕެރަލިމްޕިކްސް އިވެންޓް ވެސް މި ފަހަރުގެ މުބާރާތުގައި ހިމެނޭ ކަމަށް ރިވައިވަލް އިން ވަނީ ބުނެފައެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި ޖަނަވަރީ މަހުގެ 29 އިން ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.