ENGLISH

18 އޭޕްރީލު 2025

Advertisement

ޗެލްސީގެ މައްޗަށް އިޕްސްވިޗަށް ތާރީޚީ ކާމިޔާބެއް

31 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ޗެލްސީ ކޮޅަށް ލަނޑުޖެހުމަށް ފަހު އިޕްސްވިޗްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޗެލްސީ 2-0 އިން ބަލިކޮށް، އިޕްސްވިޗް ޓައުން އިން 22 އަހަރުގެ ތެރޭގައި ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ. 

ރޭގެ މެޗުގެ ކުރީން އިޕްސްވިޗުން ލީގުގައި އެ ޓީމުގެ ދަނޑުގައި އެންމެ ފަހުން މޮޅުވެފައިވަނީ 2002 ވަނަ އަހަރުގެ އޭޕްރީލް މަހު ގައެވެ. އެފަހަރު އެ ޓީމު މޮޅުވީ މިޑްލްސްބަރާ އަތުންނެވެ.

އިޕްސްވިޗްގެ ޕޯޓްމަން ރޯޑްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިއާމް ޑެލަޕް ކާމިޔާބުކުރި ގޯލުންނެވެ.

މި މެޗުގައި އިޕްސްވިޗުން ޖެހި ދެވަނަ ލަނޑު، 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކުރިން ޗެލްސީ އަށް ކުޅުނު ޒުވާން ކުޅުންތެރިޔާ، އޮމާރީ ހަޗިންސަން އެވެ.

މި ނަތީޖާއާއެކު އިޕްސްވިޗް އަދިވެސް އޮތީ ރެލިގޭޝަން ޒޯނުގައެވެ. އިޕްސްވިޗަށް 19 މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ 18 ވަނައިގައެވެ.

މި މެޗުން ބަލިވި ޗެލްސީ އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. ޗެލްސީ އަށް 19 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު