ENGLISH
28 ޖުލައި 2026
އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ދޯނި 18 ދުވަސް ވީއިރު ވެސް ނުފެނޭ
28 ޖުލައި 2026
|
އެކްސިޑެންޓުގެ ލީޖަން ލޯންޗަށް ގެއްލުންވެފައި - ފޮޓޯ: މެރިން ޕޮލިސް
އެންމެ މަޤްބޫލު
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ ހާދިސާއަށްފަހު މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ނުރައްކާތެރި ކަނޑުމަތީގެ ހާދިސާއެއް ހިނގީ އެރޭ 10:30 ހާއިރުއެވެ. ހާދިސާގައި އެ ލޯންޗުގައި ތިބި ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވަދޭންޖެހުނެވެ. ފަރުވާދީފައިވަނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނަކަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ފަށާފައިވާކަން އޭރު ފުލުހުން ހާމަކުރިއެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "އެމްއެމްޓީވީ"އަށް ވިދާޅުވީ އެކްސިޑެންޓްގައި ހިމެނޭ އުޅަނދު އަދިވެސް ނުފެންނަކަމަށާއި ، އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅާ އެ މައުލޫމާތެއް ހިއްސާކުރުމަށް ވަނީ އެދިފައެވެ.