ENGLISH

28 ޖުލައި 2026

Advertisement

މަރާމާތުގެ ކުރިން އަމީނީމަގުގެ ސާވޭ ހަދައިފި

28 ޖުލައި 2026

|

އައިމިނަތު ޝަފާ

އަމީނީ މަގުގެ މަރާމާތުގެ މަސައްކަތް ކުރުމުގެ ކުރިން މަގާ ގުޅޭ ސާވޭ ހަދަނީ. ފޮޓޯ؛ އެމްޓީސީސީ.

ފާއިތުވި އެމްޑީޕީ ވެރިކަމުގައި ތަރައްގީކުރި އަމީނީ މަގުގެ ވަރަށް ބޮޑު ބައެއް ހަލާކުވެފައި އޮތުމާ ގުޅިގެން އެ މަގު މަރާމާތުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މަގާ ގުޅޭ ސާވޭއެއް އެމްޓީސީސީން ހަދައިފިއެވެ.  

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރެއިން އަމީނީމަގާއި އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރާނެއެވެ. އެމްޓީސީސީން ބުނީ މީގެ ތެރޭގައި ހިމެނޭ އަމީނީ މަގުގެ މަރާމާތުގެ ކުރިން ކުރަންޖެހޭ ސާވޭގެ ތެރެއިން ތާރުގަނޑު ކަފައިގެން ހަދަންޖެހޭ ސާވޭގެ މަސައްކަތް ކޮށްފައިވާކަމަށެވެ. 

ކުރީ ސަރުކާރުގައި ރޯޑްް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި އެމްޓީސީސީން ތަރައްގީކުރި އަމީނީ މަގުގެ ވަރަށް ބޮޑު ބައެއްގައި ތާރުގަނޑު އުފުލުމާއި، ތާރު ކަނޑައިގެން ދިއުން ފަދަ މައްސަލަަތައް ކުރިމަތިވެ، ވަރަށް ބޮޑަށް މަގު ހަލާކުވެފައިވެއެވެ. ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާގެ ބޮޑު ހަރަދެއް ކޮށްގެން ކުރިއަށްގެންދިޔަ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވަނީ ޖުލައި 3، 2022 ގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. ދެހާސް ބާވީސް ވަނަ އަހަރު އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރި ނަމަވެސް 2023 ވަނަ އަހަރު ނިމުނުއިރުވެސް އެ މަގު ހަދައި ނުނިމެއެވެ. މަގުގެ ހުރިހާ މަސައްކަތްތަކެއް ނިންމައިލެވުނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. 

ތާރު އަޅައިގެން އަމީނީމަގު ހެދުމަށް ކުރީ ސަރުކާރުން ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްފައިވެއވެެ. އެ މަގުގެ މަސައްކަތް ކޮށްފައި ވަނީ ނުއަގުގައި،ފެންވަރު ދަށް މެޓީރިއަލް ބޭނުންކޮށްގެން ކަމަށް ބުނެ އޭރުވެސް އެތައް ތުހުމަތެއް އެމްޑީޕީ ސަރުކާރަށް އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު