ENGLISH
25 ޖުލައި 2026
ޗައިނާއާއި ރަޝިޔާއިން އީރާނަށް ހަތިޔާރު ނުވިއްކާނެ، އެކަން ކޮށްފިއްޔާ އެމީހުންނަށް ނުރައްކާތެރިވާނެ: ޓްރަމްޕް
25 ޖުލައި 2026
|
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
އީރާނާއެކު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި ޗައިނާ ނުވަތަ ރަޝިޔާއިން ބައިވެރިވާކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނަމަވެސް، އެ ޤައުމުތަކުން މިކަމުގެ ތެރެއަށް ވަދެފިނަމަ، އެއީ އެ ޤައުމުތަކަށް "ވަރަށް ނުރައްކާތެރި ކަމަކަށް ވާނެ" ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
"ޗައިނާގެ ބެއިޖިންގައި ދާދި ފަހުން ބޭއްވުނު ބައްދަލުވުމުގައި، އެއްވެސް ހާލެއްގައި އީރާނަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމަށާއި އަދި ނުވިއްކާނެ ކަމަށް ރައީސް ޝީ ވިދާޅުވި. އަދި މި ނިންމުމުގެ ތެރޭގައި ޗައިނާގެ ކުންފުނިތައް ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި،" ޓްރަމްޕްގެ 'ޓްރޫތް ސޯޝަލް' ޕްލެޓްފޯމުގައި އޭނާ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވެސް އީރާނަށް ހަތިޔާރު ނުވިއްކަވާނެ ކަމަށް ވިދާޅުވި ކަމަށާއި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ރަޝިޔާ އާއި ޗައިނާ ބައިވެރިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"އެ ޤައުމުތަކުން މިކަމުގެ ތެރެއަށް ވަދެފިނަމަ، އެއީ އެ ޤައުމުތަކަށް ވަރަށް ގޯސް ކަމަކަށް ވާނެ. ހަމަގައިމުވެސް އެއީ އެ ޤައުމުތަކުގެ މަސްލަހަތު އޮތް ގޮތެއް ނޫން،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކެއްގައި އީރާނުގެ އެންމެ މަތީ ވެރިޔާ ހިމެނޭ ގޮތަށް އެ ޤައުމުގެ އިސް އޮފިޝަލުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާ އާއި އީރާނާ ދެމެދު ވަނީ ހަނގުރާމައެއް ފެށިފައެވެ.
ދުވަސްތަކަކަށްފަހު ދެ ޤައުމުގެ މެދުގައި ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމަށްފަހު، އަނެއްކާވެސް މީގެ ދެ ހަފުތާ ކުރިން އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށާފައިވާއިރު، އީރާނުން ވެސް ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފައެވެ.