ENGLISH
27 ޖުލައި 2026
އޮޅުވެލިފުށީގައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް
23 ޖުލައި 2026
|
އޮޅުވެލިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ޅ. އޮޅުވެލިފުށި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އައު ބަނދަރު ފުން ކުރުމާއި، އެއްގަމު ތޮށީގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން 246 ކިއުބިކް މީޓަރު އެއްގަމުތޮށި ލުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަަރަހައްދެއްގައި ބޭރުތޮށި ލުމާއި، 224 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، އަދި މީގެ އިތުރުން ކޮންކްރީޓް ބްރިޖެއް އެޅުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޅ. އޮޅުވެލިފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން
މި މަޝްރޫއަކީ 66.40 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 5 ސެޕްޓެމްބަރު 2023 ގައެވެ.
މި މަޝްރޫޢު ނިމޭއިރު އޮޅުވެލިފުށި ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ލިބި، އެރަށަށް އަރައިފައިބާ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.