ENGLISH
27 ޖުލައި 2026
ކުރިނބި ސިއްހީ މަރުކަޒުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
22 ޖުލައި 2026
|
ހދ.ކުރިނބި ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ހދ. ކުރިނބި ސިއްހީ މަރުކަޒު ހެދުމުގެ މަޝްރޫގެ ދަށުން އެ މަރުކަޒުގެ ކޮންކްރީޓް މަސައްކަތް ފެށިފައިވާ ކަމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ކޮންކްރީޓް ކޮނެ، ލީން ކޮންކްރީޓްގެ އިތުރުން ރިއިންފޯސްމަންޓް އަދި ފުޓިން ކޮންކްރީޓްގެ މަސައްކަތްތަކަށް ޝަޓަރިން ހެދުމުގެ މަސައްކަތްތައް ކަމަށެވެ.
ކުރިނބީގައި ތަރައްޤީކުރާ ސިއްހީ މަރުކަޒުގެ އައު އިމާރަތް އެޅުމުގެ މަޝްރޫޢުގެ ދަށުން، ރަށުން ލޭގެ ތަހުލީލުތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ލެބޯޓްރީއެއް ހެދުމާއި، އާންމު ސިއްހަތާ ބެހޭ ހިދުމަތްތައް ދޭނެ ހާއްސަ ޔުނިޓެއް ގާއިމްކުރުމުގެ އިތުރުން ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ޖާގަ އިތުރުކުރުމަށް އިތުރު ވޯޑުތައް ހެދުން ހިމެނެއެވެ.
މިދިޔަ އަހަރު އޮގަސްޓު 26 ގައި އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މި މަޝްރޫއަކީ 12.53 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަސައްކަތް ނިންމުމަށް ވަނީ 300 ދުވަސް ދީފައެވެ.
ކުރިނބީގައި ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަޝްރޫއެއް ކުރިއަށްދާއިރު، އެރަށުގައި މި ސަރުކާރުން އިތުރު ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައިވެއެވެ. އޭގެތެރޭގައި، ކައުންސިލް އިދާރާ ހިންގާނެ ޒަމާނީ އާ އިމާރާތެއް ބިނާކޮށްފައިވެއެވެ. އަދި ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ވަނީ ގާއިމުކޮށްދީފައެވެ.