ENGLISH

27 ޖުލައި 2026

Advertisement

ވިނީޝިއުސް ހޯދުމަށް އާސެނަލުން އަގުބޮޑު ބިޑެއް ހުށަހަޅަނީ

27 ޖުލައި 2026

|

އިސްމާއިލް ޝާހު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއަރ --- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއަރ ހޯދުމަށް އާސެނަލުން އަގުބޮޑު ބިޑެއް ހުށަހެޅުމެއް ތައްޔާރުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލްގެ ވެރިންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، އުމުރުން 26 އަހަރުގެ ފޯވާޑް ގެނައުމުގެ ފުރުސަތު އޮތްތޯ ބެލުމަށް އެ ކުލަބުން މިހާރު ވަނީ އަމާޒުހިފާފައެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ މޮޅު ފޯވާޑެއް ޓީމަށް އިތުރުކުރުމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ޗީފް ސްކައުޓް މިކް ބްރައުން "ފުޓްބޯލް އިންސައިޑަރ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވިނީޝިއުސް ދޫކޮށްލުމުގެ ފުރުސަތު ރެއާލް މެޑްރިޑުން މުޅިން ބަންދުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އާސެނަލުން މި ފުރުސަތުގެ ބޭނުން ހިފަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އާސެނަލަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވިނީޝިއުސްގެ މުސާރައެވެ. ރެއާލް މެޑްރިޑުގައި އޭނާ ހަފުތާއަކު 400،000 ޕައުންޑަށްވުރެ ބޮޑު މުސާރައެއް ހޯދާއިރު، ކުލަބުގެ ވެރިންނަށް މިއީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރެވިއްޖެނަމަ، އާޓެޓާ ހުރީ އޭނާ ގެނައުމުގެ މަސައްކަތައިގެން ކުރިއަށް ދިއުމަށް ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ފުޓްބޯލް އިންސައިޑާ" އިން އިއްޔެ ހާމަކުރި ގޮތުގައި، އާސެނަލުން ވަނީ ވިނީޝިއުސް ހޯދުމަށް ފަށާފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ވާހަކަތައް ފަށާފައެވެ. އަދި މިކަމުގައި މެދުވެރިން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. ވިނީޝިއުސްގެ މަގުބޫލުކަމާއި ބޮޑު މުސާރައަށް ބަލާއިރު، މިއީ އާސެނަލްއަށް އުނދަގޫ ކަމެއް ނަމަވެސް، ކުލަބުން ބޭނުންވަނީ ކިރިޔާވެސް ފުރުސަތެއް އޮތްނަމަ މި ޑީލް ކާމިޔާބުކުރަން ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު