ENGLISH
27 ޖުލައި 2026
ގުޅީގައި ތަރައްގީކުރާ ސްކޫލުގެ ދެވަނަ ފަންގިފިލާގެ މަސައްކަތް ކުރިއަށް
22 ޖުލައި 2026
|
ގުޅީ ސްކޫލްގައި ތަރައްޤީކުރާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ކ. ގުޅީ ސްކޫލްގައި ތަރައްޤީ ކުރަމުންދާ 6 ކްލާސް ރޫމުގެ ތެރެއިން ދެވަނަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް ބެހެއްޓުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ 12,316,650.00 (ބާރަ މިލިއަން ތިންލައްކަ ސޯޅަހާސް ހަސަތޭކަ ފަންސާސް ރުފިޔާ) އަށް 360 ދުވަސް ތެރޭގައި ނިންމާ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 29 މާރޗް 2025 ގައެވެ.
ގުޅީގައި އިމާރާތްކުރާ ހަ ކްލާސް ރޫމް އާއި މަލްޓި ޕާޕަސް ހޯލު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދެވެން ފެށުމާއެކު، ސްކޫލުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި މުޅި ރަށުގެ މުޖުތަމަޢަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
ސަރުކާރުން ސްކޫލްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސްކޫލްތަކުގައި އައު ޢިމާރާތާއި މަލްޓިޕަރޕަސް ހޯލްތައްހެދުމުގެ ގިނަ މަޝްރޫޢުއެއްގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދެއެވެ.
ސްކޫލްތަކަށް ދަރިވަރުން އިތުރުވަމުންދާ މިންވަރަށް ބަލައިގެން އެތަންތަނަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ޖާގަ ތަނަވަސް ޢިމާރާތްކަން ސްކޫލްތަކުން ފާހަގަކުރެއެވެ. އަދި ބައެއް ސްކޫލްތަކުގައި ހުރި އެތައް އަހަރެއްވީ ސްކޫލް ޢިމާރާތްތަކުގައި ކިޔަވައިދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަންވެސް ސްކޫލްތަކުން ފާހަގަކުރެއެވެ.