ENGLISH

21 ޖުލައި 2026

Advertisement

ކްލަބް މޯލްޑިވްސް ކަޕް: އެޗްޑީސީ ކަޓުވާލައި، އެސްޓީއޯ ފައިނަލަށް

20 ޖުލައި 2026

|

އިސްމާއިލް ޝާހު

ކްލަބް މޯލްޑިވްސް ކަޕުގައި އެސްޓީއޯ އާއި އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ ފައިނަލަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ ފައިނަލުގެ ޖާގައެއް މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އެސްޓީއޯއިން ހޯދީ ސެމީ ފައިނަލުގައި ކުލަބު އެޗްޑީސީ އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނާއިޒް ހަސަން ކާމިޔާބުކޮށްދިން ލަނޑާއެކު އެޗްޑީސީން ލީޑު ނެގި ނަމަވެސް، މާ ގިނައިރުތަކެއް ނުވެ އަލީ ހައިސަމް ވަނީ އެސްޓީއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އެސްޓީއޯއިން ލީޑު ނެގީ އަލީ ހުމޭޒު ޖަހައިދިން ލަނޑުންނެވެ. އަދި ފަހު ވަގުތު ބިދޭސީ ކުޅުންތެރިޔާ ސޮރޯޝް ވަނީ އެސްޓީއޯގެ ލީޑު ފުޅާކޮށްދީފައެވެ.

މި މުބާރާތުގެ ސެމީގެ ދެވަނަ މެޗު ކުޅޭނީ މާދަމާރެއެވެ.

  • ކުލަބު އެމްޓީސީސީ - އާރްއާރްސީ (20:30)
ކިޔުންތެރިންގެ ހިޔާލު