ENGLISH

21 ޖުލައި 2026

Advertisement

ސިއްހީ ފަރުވާ ހޯދުމުގައި އެހީ ބޭނުންވާ މީހުންނަށް އެންސްޕާއިން ޖޫން މަހުގެ ނިޔަލަށް 90.1 މިލިއަން ރުފިޔާ ދޫކުރި

21 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

އެންސްޕާއިން މެޑިކަލް ވެލްފެއާގެ ގޮތުގައި 90 މިލިއަން ރުފިޔާ ދޫކުރިކަން އެ އެޖެންސީން ހާމަކޮށްފައިވޭ

ސިއްހީ ފަރުވާ ހޯދުމުގައި އާސަންދައިން ފޯރުކޮށްދޭ އެހީތެރިކަމުގެ އިތުރަށް އެހީތެރިކަން ބޭނުންވި މީހުންނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަންް އެޖެންސީ (އެންސްޕާ)އިން 90.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ އިދާރާއިން ހާމަކޮށްފިއެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އެމްއެމްޓީވީ"އިން އެދިގެން އެންސްޕާއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުން ފެށިގެން ވެލްފައާއަށް ނުވަ އަހަރު ތެރޭ 2.06 ބިލިއަން ރުފިޔާ ސިއްހީ އެކި ކަންކަަމުގެ ވެލްފެއާއަށް އެންސްޕާއިން ދޫކޮށްފައިވެއެވެ. 

އެ އިދާރާއިން ހާމަކުރި ގޮތުގައި 2024 ވަނަ އަހަރު ބޭސްފަރުވާ ހޯދުމަށް އާސަންދައިން ދޭ އެހީގެ އިތުރަށް އެހީ ބޭނުންވި މީހުންނަށް 490.7 މިލިއަން ރުފިޔާ ދޫކުރިއެވެ. އަދި ޖެހިގެންއައި 2025 ވަނަ އަހަރު 360.4 މިލިއަން ރުފިޔާ އެންސްޕާއިން ބޭސްފަރުވާ ހޯދުމަށް ބޭނުންވާ މީހުންނަށް އެހީގެ ގޮތުގައި ދޫކުރިއެވެ. 

2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަަށް 90،118،739.77 (ނުވަދިހަ މިލިއަން އެއްލައްކަަ އަށާރަހާސް ހަތްސަތޭކަ ތިރީސްނުވަ ރުފިޔާ ހަތްދިހަ ހަތް ލާރި) އެންސްޕާއިން މެޑިކަލް ވެލްފެއާ އެހީގެ ގޮތުގައި ދޫކުރިއެވެ. 

އެންސްޕާއިން އާއްމުކޮށް އެހީތެރިވަނީ އާސަންދައިން ދޫކުރާަ އެހީގެ އިތުރަށް ބަލިމީހުންނަށް ބޭނުންވާ އެހީއެވެ. އެއީ ހޮސްޕިޓަލުގެ ބިލުތައް ދެއްކުމާއި، ބޭރުން ފަރުވާ ހޯދުމަށް ކުރާ ދަތުރުތަކުގައި އެ ގަައުމުތަކުގައި ތިބުން ފަދަ ކަންކަމަށް ހިނގާ ހަރަދެވެ. އޭގެ އިތުރަށް ބައެއް ކަހަލަ ބޭސް ހޯދުމަށްވެސް އެ އެޖެންސީން އެހީތެރިވެއެވެ.  

އެންސްޕާއިން ހާމަކުރި ހިސާބުތަކަށް ބަލާއިރު، އެ އިދާރާއިން އެކި ކަންކަމުގައި ފޯރުކޮށްދޭ އެހީ އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު