ENGLISH
21 ޖުލައި 2026
އެއިޓީން ތާޓީ: ބިސް ބުރު ބަލިކޮށް، ސިފައިންނަށް ލީގު ބުރުގެ އެއްވަނަ
20 ޖުލައި 2026
|
އެއިޓީން ތާޓީގައި ސިފައިންގެ ކުލަބާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުން ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ އެއިޓީން ތާޓީގައި ތިން ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ކުލަބު ވެމްކޯ، ސިފައިންގެ ކުލަބު އަދި ބިސް ބުރެވެ. އެއާއެކު މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ ލީގު އުސޫލުން ދެ ލެގު ކުޅުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗާ ކުރިމަތިލިއިރުވެސް ސިފައިންނާއި ވެމްކޯ ވަނީ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފައެވެ. މިއަދު ކުޅުނު މެޗުގައި ބިސް ބުރު އަތުން 11-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ސިފައިންގެ ކުލަބުން ވަނީ ލީގު ބުރުގެ އެއްވަނަ ހޯދާފައެވެ.
ސިފައިންގެ ކުލަބާއި، ވެމްކޯއަށް ތިން ޕޮއިންޓް ލިބުނުއިރު، ސިފައިންނަށް ކުރި ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ލީގު ބުރުގައި ބިސް ބުރުން ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ސިފައިންނާއި ވެމްކޯ ބައްދަލުކުރާއިރު، އެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 20:45 ގައެވެ.