ENGLISH

19 ޖުލައި 2026

Advertisement

ނިމުނު ހަފްތާ ކުއްލި ނުރައްކަަލުގެ 23 ހާދިސާއެއް ރިޕޯޓްކުރި: އެމްއެންޑީއެފް

19 ޖުލައި 2026

|

އާމިނަތު ނުޒްލާ

އަލިފާނުގެ ހާދިސާ ނިންވުމުގައި އެމްއެންޑިއެފްގެ ފަޔަރ ފައިޓާރސް ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ފާއިތުވި ހަފުތާ ތެރޭ ކުއްލި ނުރައްކަލުގެ 23 ހާދިސާއެއް ހިނގައިގެން އެހީތެރިކަން ފޯރުކޮށްދިންކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ. 

އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 12 އިން 18 އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި މި ހާދިސާތަކުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރްއެސް) އިން ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ.

އެފްއާރްއެސް އިން އެހީތެރިކަން ފޯރުކޮށްދިން ހާދިސާތަކުގެ ތަފްސީލު:

  • އަލިފާނުގެ ހާދިސާ: 12
  • ރެސްކިއު އޮޕަރޭޝަން: 5
  • މެޑިކަލް އިވެކުއޭޝަން: 4
  • ނުރައްކާތެރި މާއްދާތަކާ ގުޅޭ (ހެޒްމަތު) ހާދިސާ: 1
  • އެހެނިހެން ހާދިސާ: 1

ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ އޭރިއާ ކޮމާންޑުން 16 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވާއިރު، ސެންޓްރަލް އަދި ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދަކުން ތިން ހާދިސާއެއްގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ނޯދަން އޭރިއާ ކޮމާންޑުން ވަނީ އެއް ހާދިސާއެއްގައި އެހީތެރިވެފައެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަކީ ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް 24 ގަޑިއިރު ޚިދުމަތުގައި ދެމިއޮތް މުއައްސަސާއެކެވެ. ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެ ބޭފުޅުންގެ ހޮޓްލައިން ނަންބަރު 118 އަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު