ENGLISH

20 ޖުލައި 2026

Advertisement

މަރާމާތަށްފަހު މާފަންނު ފުޓްސަލް ދަނޑު ހުޅުވައިފި

19 ޖުލައި 2026

|

ޙުސައިން މަޚްތޫމް

މާފަންނު ފުޓްސަލް ދަނޑު މަރާމާތަށްފަހު އަލުން ހުޅުވައިދެއްވައި ބޯޅައިގައި މިނިސްޓަރ ރާފިއު ސޮއި ކުރައްވަނީ - ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މަރާމާތަށްފަހު މާފަންނު ފުޓްސަލް ދަނޑު ހުޅުވައިފިއެވެ.

މި ދަނޑު ހުޅުވާފައިވަނީ އެކަމަކަށްޓަކައި މިއަދު ހަވީރު މާފަންނު ފުޓްސަލް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.

މި ރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް އާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ނަޒީމްގެ އިތުރުން މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

މި ދަނޑު ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮންމެ ފުޓްސަލް ދަނޑަކީވެސް ގިނަ އަދަދެއްގެ ޒުވާނުން އެކި މުނާސަބުތަކުގައި ބޭނުންކުރަމުން އަންނަ ދަނޑުތަކެއް ކަމަށެވެ. އެހެންކަމުން މި ދަނޑުތަކަކީ ރައްކާތެރި އަދި ކުޅެން އެކަށީގެންވާ ތަންތަނަށް ހެދުމަކީ ސަރުކާރުން މުހިންމު އިސްކަމެއްދޭ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އައު ދަނޑެއްގެ ގޮތުގައި މި ދަނޑު މާފަންނުގެ ޒުވާނުންނަށް ލިބޭއިރު، ދޭން ބޭނުންވާ މުހިންމު މެސެޖަކީ، ގިނަ ދުވަސްތަކެއް ވަންދެން މި ދަނޑު ބޭނުން ކުރެވޭނީވެސް ފަރުދީ ޒިންމާތައް އަދާކޮށްގެން ކަމަށާއި މިގޮތުން އެންމެންވެސް ދަނޑުގެ ރައްކާތެރި ކަމަށް އިސްކަންދީ ގިނަ ދުވަހު މި ދަނޑުގެ ބޭނުން ހިފޭނެ ގޮތަށް މަސައްކަތްކޮށް ދިނުން މުހިންމު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާފަންނު ފުޓްސަލް ދަނޑު މަރާމާތުކުރުމަށް ބަންދުކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިމަސައްކަތް ފުރިހަމަކުރުމަށްފަހު މިމަހުގެ ހަތަރު ވަނަ ދުވަހު އާުރުޑީސީން ވަނީ ދަނޑު ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު