ENGLISH
21 ޖުލައި 2026
އެންދަމަން އުޅެނިކޮށް ގެެއްލުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު
20 ޖުލައި 2026
|
އެންމެ މަޤްބޫލު
ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ، އެ ރަށުގެ ގޮނޑުދޮށުން ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި މީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރުކަމަށެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށެވެ.
އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި ފައޭނަގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދިން ފުރިހަމަ އެއްބާރުލުން އެމްއެންޑީއެފް އިން ވަނީ ފާހަގަކޮށްފައެވެ.