ENGLISH
18 އޭޕްރީލު 2025
ޕޮލިސް ބަލިކޮށް އެޗްޑީސީން މޮޅަކުން ފަށައިފި
29 ޑިސެމްބަރު 2024
|
ޕޮލިސް އަތުން ޕޮއިންޓެއް ހޯދުމަށްފަހު އެޗްޑީސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އަމަން ލަތީފު / އެމްއެމް
ޤައުމީ ވޮލީބޯލް ލީގުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި ޕޮލިސް ކްލަބު ބަލިކޮށް، ކްލަބު އެޗްޑީސީން މޮޅަކުން ފަށައިފިއެވެ.
އެޗްޑީސީ އިން މި މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން އެޗްޑީސީން ކާމިޔާބުކޮށްފައިވަނިކޮށް، ދެވަނަ ސެޓުގައި ވަރަށް ގާތުން ވާދަކޮށް ޕޮލިހުން ވަނީ 25-20 އިން ކުރިހޯދައި، ނަތީޖާ 1-1 އަށް ބަދަލުކޮށްލާފައެވެ.
އެއަށްފަހު، ދެން ކުޅުނު ތިންވަނަ ސެޓު 25-20 އިން އަދި، ހަތަރުވަނަ ސެޓުގައި 25-17 އިން ކުރި ހޯދައި، އެޗްޑީސީން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގައި އެޗްޑީސީގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ، މުބައްޝަރު ރާޒާ އާއި ނުމުހަމެދު ޓޮކްޓޮއޭވްގެ އިތުރުން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ވަނީ މޮޅު ކުޅުމެއް ދައްކައި ޕޮލިހުގެ މައްޗަށް ކުރިހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޓޮކްޓޮއޭވް އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ޕޮލިސް ކްލަބުން ނުކުންނާނީ ބްލޫސް ފޯރ ވޮލީބޯލްއާ ދެކޮޅަށެވެ.