ENGLISH

19 ޖުލައި 2026

Advertisement

މޫސުން ގޯސްވުމާ ގުޅިގެން އާޖެންޓީނާ އާއި ސްޕެއިންގެ ފަހު ތަމްރީނުތަކަށް ބުރޫއަރައިފި

19 ޖުލައި 2026

|

އިސްމާއިލް ޝާހު

ސްޕެއިންގެ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ: ގެޓީ

އެމެރިކާގެ ނިއު ޔޯކާއި ނިއު ޖާޒީ ސަރަހައްދަށް ކުރަމުންދާ ގަދަ ވިއްސާރަ އާއި ގުގުރުމުގެ ސަބަބުން، މިރޭ އޮންނަ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ކުރިން އިއްޔެ ބާއްވަން ތާވަލުކުރި އާޖެންޓީނާ އާއި ސްޕެއިންގެ ފަހު ތަމްރީނުތަކަށް ބުރޫއަރައިފިއެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނިއު ޖާޒީގެ މެލަނީ ލޭން ޓްރެއިނިންގ ގްރައުންޑުގައި ކުރިއަށް ގެންދަން ރޭވި ސްޕެއިން ޓީމުގެ ފަރިތަކުރުންތައް، އެމެރިކާގެ މޫސުމީ ރައްކާތެރިކަމާ ބެހޭ އުސޫލުތަކާ އެއްގޮތަށް މެދުކަނޑާލި ކަމަށެވެ. އޭގެ ފަހުން ކުޅުންތެރިން ހަށިގަނޑު ހޫނުކުރުމުގެ ސެޝަންތައް އިންޑޯކޮށް ކުރިއަށްގެންދިޔަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ނިއު ޖާޒީގެ މޮރިސްޓައުންގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އާޖެންޓީނާގެ ތަމްރީނުތައްވެސް ވަނީ ތާވަލުކުރި ގަޑިއަށްވުރެ 45 މިނެޓު ލަހުން ފަށައިގެން ކުރިއަށްގެންގޮސްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު