ENGLISH
19 ޖުލައި 2026
އެއިޓީން ތާޓީ ކްލަސިކް: އެސްޓީއޯއާ އެއްވަރުކޮށް، ގުރޫޕުގެ އެއްވަނަ ޕްރިޒަން ކުލަބަށް
18 ޖުލައި 2026
|
އެއިޓީން ތާޓީ ކްލަސިކުގައި ޕްރިޒަން އާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް 2026 ގައި މިރޭ އެސްޓީއޯ ރެކްރިއޭޝަން ކުލަބާ އެއްވަރުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކުލަބުން ގްރޫޕް އޭގެ އެއްވަނަ ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 9 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.
ގްރޫޕް ސްޓޭޖު ފަހު މެޗުތައް މިރޭ ކުޅުނުއިރު، ޕްރިޒަން އާއި އެސްޓީއޯ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗާ ކުރިމަތިލިއިރުވެސް މި ދެ ޓީމު ވަނީ މުބާރާތުގެ ސެމީގެ ޖާގަތައް ކަށަވަރުކޮށްފައެވެ.
އެއިޓީން ތާޓީ ކްލަސިކުގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި ހުޅުމާލެ ހޮސްޕިޓަލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ ހުޅުމާލެ ހޮސްޕިޓަލާއި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް ޕްރިޒަން އާއި، ދެވަނަ ހޯދި އެސްޓީއޯއަށް 10 ޕޮއިންޓް ލިބުނުއިރު، ޕްރިޒަންއަށް ކުރި ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިންވަނައަށް ދިޔަ ކުޅިވަރާ ބެހޭ ވުޒާރާ އާއި، ފަސްވަނައިގައި ނިންމި ހުޅުމާލެ ހޮސްޕިޓަލަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ ހެލްތު ރެކްރިއޭޝަން ކުލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ ސެމީގެ މެޗުތައް ކުޅޭނީ އަންނަ ބުދަ ދުވަހުގެރެއެވެ.