ENGLISH
18 އޭޕްރީލު 2025
ޤައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗުގައި ސިޓީ އަށް ފަސޭހަ މޮޅެއް
28 ޑިސެމްބަރު 2024
|
ސިޓީއާ ބްލޫސް ފޮރ ވޮލީބޯލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް
ޤައުމީ ވޮލީބޯލް ލީގުގެ ފުރަތަމަ މެޗުގައި ސްޕޯޓްސް ކްލަބު ސިޓީން ފަސޭހަކަމާއެކު ބްލޫސް ފޯރ ވޮލީބޯލް އަތުން މިއަދު ހަވީރު މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ސިޓީން ކާމިޔާބުކުރީ 25-22، 25-19، އަދި 25-22 އިންނެވެ.
ލީގު އުސޫލުން ކުރިއަށްދާ މި ފަހަރުގެ ޤައުމީ ވޮލީބޯލް ލީގު ކުރިއަށްދާނީ މި މަހުގެ 28 އިން އަންނަ ޖަނަވަރީ މަހުގެ 2 ގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ފަސް ކްލަބަކުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގައި މާދަމާ ރޭ ކުޅޭ މެޗުގައި ޕޮލިސް ކްލަބުން ނުކުންނާނީ ބްލޫސް ފޯރ ވޮލީބޯލްއާ ދެކޮޅަށެވެ.