ENGLISH

18 ޖުލައި 2026

Advertisement

ހެއިޓީގެ ކޯޗުކަމުން ވަކިކުރި މިންޔޭ، ގަބޯންގެ ކޯޗަކަށް

18 ޖުލައި 2026

|

އިސްމާއިލް ޝާހު

ގަބޯންގެ ކޯޗަކަށް ހަމަޖެއްސި ސެބަސްޓިއަން މިންޔޭ --- ފޮޓޯ: ރޮއިޓަރސް

ފްރާންސަށް އުފަން، އަދި ހެއިޓީގެ ޤައުމީ ޓީމު ފީފާ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކޯޗު ސެބަސްޓިއަން މިންޔޭ، ގަބޯންގެ ޤައުމީ ޓީމުގެ ހެޑް ކޯޗަކަށް އައްޔަންކޮށްފިއެވެ. އޭނާއާ މި މަގާމު ހަވާލުކުރީ ކުރިއަށް އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސް މުބާރާތަށް ގަބޯން ކޮލިފައިކޮށްދިނުމުގެ އަމާޒުގައެވެ.

އުމުރުން 53 އަހަރުގެ މިންޔޭ އަކީ މީގެ ކުރިން ކޮންގޯ، ކެންޔާ އަދި އިކުއެޓޯރިއަލް ގިނީގެ ޤައުމީ ޓީމުތަކަށް އިރުޝާދުދީފައިވާ، އެފްރިކާގެ ފުޓުބޯޅައިގެ ތަޖުރިބާކާރު ކޯޗެކެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައި ކެމަރޫން ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައިވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ގަބޯން ކުޅޭ ފުރަތަމަ މެޗުތައް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ. އެ މަހު އެ ޓީމު ބައްދަލުކުރާނީ މޮރޮކޯ އަދި ނައިޖާއާއެވެ.

މިންޔޭގެ އިރުޝާދުގެ ދަށުން ހެއިޓީން ވަނީ 52 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ހޯދާފައެވެ. ނަމަވެސް ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބޭއްވި މުބާރާތުގެ ފުރަތަމަ ބުރުން އެ ޓީމު ވަނީ ކަޓާފައެވެ.

ގަބޯންގެ ފުޓްބޯޅަ ފެޑަރޭޝަނުން މިންޔޭ އައްޔަންކުރިކަން އިއުލާންކުރި ނަމަވެސް، އޭނާއާއެކު ވެފައިވާ އެއްބަސްވުމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު