ENGLISH
18 ޖުލައި 2026
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ހަފްތާއެއްތެރޭ އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލަނީ
18 ޖުލައި 2026
|
ބޮޑުތަކުރުފާނު މަގުގެ ތަރައްޤީކުރި ބައިގެ ފޮޓޯއެއް. ހަފްތާއެއްތެރޭ މުޅި މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާނެ. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތްވެ، މަސައްކަތް މި ހަފްތާތެރޭ އެއްކޮށް ނިންމައި އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން މިއަދު ވަނީ ބޮޑުތަކުރުފާނު މަގުގެ އެންމެ ފަހުގެ މައުލޫމާތުގެ އަދާހަމަ ހިއްސާކޮށްފައެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅައި، މަގުގެ ނިޝާންތައް ކުރަހައި ވަނީ ނިންމާފައެވެ. މީގެ އިތުރުން ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށްވެސް ތާރުއެޅުމާއި ނިޝާން ކުރެހުން ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެ ސަރަޙައްދުގެ ޕާކިން ޒޯނާއި ދުވާރު ހެދުމުގެ މަސައްކަތްތަކެވެ. އަދި ސެގްމެންޓު 2 އާއި 3 ގެ ނަރުދަމާގެ މަސައްކަތްތައް ހަފުތާއެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން އާއްމުކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާ ހަމައަށް ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.