ENGLISH
16 ޖުލައި 2026
ރާއްޖޭގެ 8 ސަރަހަައްދެއްގައި، އަލަށް އާސަންދަ ކުންފުނީގެ ކައުންޓަރުތައް ހުޅުވައިފި
16 ޖުލައި 2026
|
ރާއްޖޭގެ އަށް ސަރަހަައްދެއްގައި އަލަށް އާސަންދަ ކުންފުނީގެ ކައުންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އާސަންދަ ކުންފުނި
އެންމެ މަޤްބޫލު
ރައްޔިތުންނަށް އާސަންދައިގެ ހިދުމަތްތައް ވީހާވެސް ގާތުން އަދި ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާސަންދައިގެ އައު އަށް ކައުންޓަރެއް ހުޅުވައިފިއެވެ.
މި އިތުރުކުރެވުނު ކައުންޓަރުތަކާއެކު، އަތޮޅުތެރޭގެ 8 ރަށެއްގައި އާސަންދަ ކުންފުނީގެ މުވައްޒަފުން މެދުވެރިކޮށް، އެ ރަށްރަށުން ސީދާ ހިދުމަތް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
އަލަށް ކައުންޓަރުތައް ހުޅުވި ރަށްތަކަކީ:
މީގެކުރިން އާސަންދައިގެ ކައުންޓަރުތައް ގާއިމުކޮށްގެން ހިދުމަތް ދެމުން އައީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށި ސިޓީގައެވެ.
ރާއްޖޭގެ އަށް ސަރަހަައްދެއްގައި އަލަށް އާސަންދަ ކުންފުނީގެ ކައުންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: އާސަންދަ ކުންފުނި
އާސަންދަ ކުންފުނިން ހާމަކުރެއްވި ގޮތުގައި، މި އައު ކައުންޓަރުތަކުގެ ސަބަބުން ބޭސްފަރުވާގެ އެހީއަށް އެދުމުގައާއި، ކުންފުންޏާ ގުޅުންހުރި އިދާރީ އެކި ކަންކަމުގައި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެއެވެ. ވަކިން ހާއްސަކޮށް، އަމިއްލަ ރަށުން ބޭރަށް ދާންނުޖެހި އާސަންދައިގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ހޯދުމުގެ މަގު މިކަމުގެ ސަބަބުން ތަނަވަސްވެގެންދާނެއެވެ.
މިއީ ސިއްހީ ހިދުމަތްތަކަކީ ރައްޔިތުންނާ ވީހާވެސް ގާތުން ލިބޭ ހިދުމަތްތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެމަނިކުފާނުގެ ސީދާ އިސްނެންގެވުމާއެކު އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އާސަންދަ ކުންފުނިން ފާހަގަކުރެއެވެ.
ސަރުކާރުގެ މި މަޝްރޫއުގެ ދަށުން، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް އަދި އާބަން ސެންޓަރުތައް ގާއިމުކޮށްފައިވާ ރަށްތަކުގައި އާސަންދައިގެ ކައުންޓަރުތައް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.