ENGLISH
14 ޖުލައި 2026
އުމުރުން ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި ނިޔާވެފައި އޮތްވާ ފެނިއްޖެ
14 ޖުލައި 2026
|
ދުވަސްވީ މީހާ ފަޅުތެރޭގައި މަރުވެފައި އޮތް ސަރަހައްދު. ފޮޓޯ؛ އޭދަފުށި ޓައިމްސް.
އެންމެ މަޤްބޫލު
އުމުރުން ދުވަސްވީ މީހަކު ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ ނިޔާވެފައި އޮތްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ ކަމަށެވެ. ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދު 7:55 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ މަރުވެފައި އޮއްވައި ފެނިފައިވަނީ ފަޅުތެރޭގައި އޮތް ފައްތިޔަލެއްގައި ލޯންޗެއް އަޅަން ދިޔަ ބަޔަކަށެވެ.
މި ހާދިސާއާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިތުރު ޓެސްޓްތައް ހެދުމަށްޓަކައި، އެ މީހާގެ ހަށިގަނޑު ރ. އަތޮޅަށް ފޮނުވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.
އަދި މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.