ENGLISH

13 ޖުލައި 2026

Advertisement

ކަނޑުއޮތްގިރީގައި ހިކިމަސް ކާރުހާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

13 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ަކަނޑުއޮތްގިރީގައި ގާއިމުކުރި ހިކިމަސް ކާރުހާނާ ހުޅުވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ކަނޑުއޮތްގިރީގައި މަސްވެރިކަމުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އައިސް ޕްލާންޓަކާއި، ހިކިމަސް ކާރުޚާނާއެއް ގާއިމުކޮށް ހުޅުވައިފިއެވެ. 

މިއަދު އޮތް ރަސްމިއްޔާތެއްގައި މިފްކޯއިން ކަނޑުއޮތްގިރީގައި ގާއިމުކުރި ދެ ކާރުޚާނާ ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ މަސްވެރިްކަަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އެ ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ މުހައްމަދު އަންސައާއި ވުޒާރާއާއި މިފްކޯގެ ވެރިން ބައިވެރިވެވަޑައިގަތެވެ. 

ސީއީއޯ އަނަސް ވިދާޅާުވި ގޮތުގައި މި ދެ ކާރުހާނާއަކީ ރާއްޖޭގެ ބާޒާރަށް ހާއްސަކޮށް މިފްކޯއިން އުފައްދާ އުފެއްދުންތައް އިތުރުކުރުމަށް އެޅުނު ފިޔަވަޅެކެވެ. އަދި މާލެއާ ކައިރިން މިފަދަ ހިދުމަތެއް ފެށުމުން މާލޭ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ހުރި ގޮންޖެހުންތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެކަމަށް ވިދާޅުވިއެވެ. 

“އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތައް. އެ ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމަކީ ވަރަށް ގިނައިން އަންނަ ޝަކުވާއެއް. ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން، މިދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ.” އަނަސް ވިދާޅުވިއެވެ. 

މި ކާރުހާނާތަކުގެ ތެރެއިން ހިކިމަސް ކާރުހާނާއިން ދުވާލަކު ތިން ޓަނުގެ މަސް ޕްރޮސެސްކުރެވޭއިރު، އައިސް ޕްލާންޓަކީ ދުވާލެއްގެ މައްޗށް 25 ޓަނުގެ ގަަނޑުފެން އުފެއްދުމުގެ ގާބިލުކަން ހުރި ތަނެއްކަމަށް މިފްކޯއިން ބުނެފައިވެއެވެ. 

ކަނޑުއޮތްގިރީގައި މިއަދު ހުޅުވި ހިކިމަސް ކާރުޚާނާގައި މިއަދުން ފެށިގެން ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް މި ކާރުޚާނާގައި ތައްޔާރުކުރަން ފަށާނެކަމަށް މިފްކޯއިން ބުންޏެވެ. އެތަނުގައި އެ މަސައްކަތަށް ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކޮށްފައިވަނީ އެފަދަ ކާރުހާނާއެއްގައި ހުންނަންޖެހޭ އެންމެ މަތީ ސިއްހީ މިންގަނޑުތަކށް ފެތޭ ގޮތަށެވެ. 

ކިޔުންތެރިންގެ ހިޔާލު