ENGLISH
13 ޖުލައި 2026
ވެމްކޯގެ ޚިދުމަތްތެރި މުވައްޒިފަކު ކުއްލި ގޮތަކަށް ނިޔާވުން، ކުންފުނީގެ ތަޢުޒިޔާ
13 ޖުލައި 2026
|
ވ. ފަޒީލާމަންޒިލް، އަހްމަދު އަޒްހީމް
އެންމެ މަޤްބޫލު
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ދުވަސްވީ އަދި ޚިދުމަތްތެރި މުވައްޒިފުންގެ ތެރޭގައި ހިމެނޭ ވ. ފަޒީލާމަންޒިލް، އަހްމަދު އަޒްހީމް ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އެ ކުންފުނިން ތަޢުޒިޔާ ކިޔައިފި އެވެ.
އަޒްހީމް ނިޔާވުމާއި ގުޅިގެން ތަޢުޒިޔާ ކިޔާ ވެމްކޯ އިން ބުނީ އަޒްހީމަކީ ގޭބީސީތައް ރަޖިސްޓްރީ ކޮށްގެން ކުނި ނަގަން ފެށި ދުވަސްވަރުން ފެށިގެން ވަރަށް ހީވާގި ކަމާއެކު މަސައްކަތް ކުރަމުންދިޔަ މުވައްޒިފެއް ކަމަށެވެ.
އަޒްހީމްގެ އަކީ ހީވާގި ކަމާއި މުރާލިކަމާއެކު މަސައްކަތް ކުރި މުވައްޒިފެއް ކަމަށްވެސް ބުންޏެވެ.
އަދި ބުނީ މި ވޭތުވެދިޔަ ނުވަ އަހަރު، ވެމްކޯއަށް ޚިދުމަތްކޮށްދީފައިވާ އަޒްހީމަކީ އެ ކުންފުންޏަށް ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިން މަަސައްކަތަށް ވަރަށް ކަމޭހިތާ އަދި އެންމެންގެ ލޯބި ހޯދާފައިވާ ހިތްހެޔޮ މުވައްޒިފެއް ކަމަށެވެ.
އަޒްހީމްގެ ވަކިވުމަކީ ކުންފުންޏަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ދެރައެއް ކަމުގައި ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.