ENGLISH

11 ޖުލައި 2026

Advertisement

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

11 ޖުލައި 2026

|

އާމިނަތު އިބްރާހިމް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ހޯދާ މީހާ ފޮޓޯ: ޕޮލިސް

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނެރެފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އަމުރާ ގުޅިގެން ހޯދަމުންދަނީ ރ. ދުވާފަރު، ފިނިރޯޅި، މުޙައްމަދު އަޔާޒް (20އ) އެވެ.

އޭނާ ހޯދަމުންދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީއެވެ. ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ 12 ޖުލައި 2026 ވަނަ ދުވަހުގެ 11:00 އަށް އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މުޙައްމަދު އަޔާޒާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު