ENGLISH

11 ޖުލައި 2026

Advertisement

ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި މީހުންނަށް ދައުވާކޮށްފި

11 ޖުލައި 2026

|

އައިމިނަތު ޝަފާ

ޕީޖީ އޮފީސް

މ. ނަލަހިޔާ ރެސިޑެންސްގޭގެ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރީ ފަޅާލައި، އޭގައި ހުރި 3,992,000 ރުފިޔާ ވަގަށްނެގި މައްސަލާގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މިއީ މާޗް މަހުގެ 15 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. މި އަމަލު ކުރުމުގައި ބައިވެރިވި ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ:

1. މ. އޭސިޔާ، އަޙްމަދު ފާރިސް،

2. ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު،

3. ސ. މީދޫ، މޫންލައިޓްވިލާ، މުޙައްމަދު އަފްރާޙް،

4. ރ. މަޑުއްވަރި، ދާރުލް އައްވަލް، އިސްމާޢީލް ޢާޞިފް  އަދި،

5. ޅ. ނައިފަރު، ކަސްތޫރިމާގެ، މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށެވެ. 

ޕީޖީން ބުނީ މި މީހުންގެ މައްޗަށް ދައުވާ އުފުލީ 15 މާރިޗު 2026 ދުވަހުގެ 21:02 އެހައިކަށްހައިއިރު، މި މީހުން ބައިވެރިވެގެން މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަކަށް ގެއްލުންދީ އެ ތިޖޫރީތަކުގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށް ނަގާފައިވާތީކަމަށެވެ. 

މި ދައުވާ އެ މީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ޝާމިލުވާ ފާރިސް، ޖަަޒީލު އަދި ނޫރުގެ މައްޗަށް އިތުރު ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެއީ އެ އެޕާޓްމެންޓްގެ ވެރިފަރާތުގެ ހުއްދަނެތި އެ އެޕާޓްމެންޓަށް ވަދެފައި ވާތީ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި، އެޕާޓްމަންޓުގެ ކޮޓަރިތަކުގެ ދޮރުތަކަށާއި، ތިޖޫރީއަށް ގެއްލުންދިން މައްސަލައިގައި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 8 މަހާއި 48 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

މި މައްސަލާގައި ދައުވާލިބޭ މީހުން އަތުން ވަގަށްނެގި ފައިސާ ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށް ވެސް ޕީޖީން ވަނީ ކޯޓުގައި އެދިފައެވެެ. 

ކިޔުންތެރިންގެ ހިޔާލު