ENGLISH

11 ޖުލައި 2026

Advertisement

ތައިލެންޑަށް ދަތުރުކުރާއިރު އެރައިވަލް ކާޑު ފުރުމަށް އިލްތިމާސްކޮށްފި

11 ޖުލައި 2026

|

އައިމިނަތު ޝަފާ

މޯލްޑިވިއަންގެ ބޯޓެއް

ތައިލެންޑަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުމުގެ ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުމުގެ ތިން ދުވަހުގެ ތެރޭގައި 'ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު' ފޯޓަލް މެދުވެރިކޮށް ދަތުރުގެ ތަފުސީލު ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައެވެ.

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް މި ބަދަލު ގެނައީ މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުއެވެ. އެބަދަލުގައިވާގޮތުން މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް އެރައިވަލް ކާޑެއް ފުރަންޖެހެއެވެ. 

ދަތުރުވެރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރުމުން ލިބޭ ކޮންފަރމޭޝަންގެ ޑިޖިޓަލް ކޮޕީއެއް ތައިލެންޑަށް އެތެރެވާއިރު އިިމިގްރޭޝަން ކައުންޓަރަށް ހުށަހެޅުމަށްވެސް އެއެއާލައިނުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު