ENGLISH

18 އޭޕްރީލު 2025

Advertisement

ނެޓްސް އަތުން މިލްވައުކީ ބަލިވެއްޖެ

27 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ނެޓްސްއާ މިލްވައުކީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އެންބީއޭގައި މިއަދު ކުޅުނު މެޗުގައި ބްރޫކްލީން ނެޓްސް އިން 111-105 ގެ ނަތީޖާއަކުން މިލްވައުކީ ބަކްސް ބަލިކޮށްފިއެވެ.

މިލްވައުކީގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ، ޔާނިސް އެންޓެޓޮކޫންމްޕޯ އާއި ޑެމިއަން ލިލާޑް ނުލައި ކުޅުނު ތިންވަނަ މެޗުން އެ ޓީމު ބަލިވިއިރު ނެޓްސް އިން ވަނީ 16 ތުރީ-ޕޮއިންޓް ކާމިޔާބުކޮށްފައެވެ.

މިލްވައުކީގައި ހުންނަ ފިސާރވް ފޯރަމް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާގައި ނެޓްސް އިން ކުރިހޯދީ 27-25 އިންނެވެ. އެކަމަކު، ދެވަނަ ކުއާޓާގައި މިލްވައުކީން 34-24 ގެ ތަފާތަކުން ކުރީގަ އޮވެގެން ނިންމާލި ނަމަވެސް، ތިންވަނަ ކުއާޓާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައި، 25-23 އިން ނެޓްސް ވަނީ ކުރި ހޯދައިފައެވެ.

އޭގެފަހުން، ކުޅުނު މެޗުގެ ފަހު ކުއާޓާގައި ނެޓްސް އިން ވަނީ ދެ ޓީމުގެ ފަރަގު ބޮޑުކޮށް، 12 ޕޮއިންޓުގެ ލީޑަކާއެކު އޮވެ، 35-23 އިން އެ ކުއާޓާ ނިންމާލައިފައެވެ.

މި މެޗުގައި ނެޓްސް އަށް އެންމެ ރަނގަޅަށް ކުޅުނީ ކެމަރަން ޖޯންސަން އެވެ. އޭނާ ވަނީ 29 ޕޮއިންޓާއެކު ފަސް ރީބައުންޑް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ނޯއާ ކްލައުނީ 20 ޕޮއިންޓް އެއްކުރިއެވެ.

މިލްވައުކީ އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ކްރިސް މިޑްލްޓަން އެވެ. އޭނާ ވަނީ 21 ޕޮއިންޓް އެއްކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 20 ޕޮއިންޓާއެކު ހަތް ރީބައުންޑްނެގި ބްރޫކް ލޮޕޭޒް އެވެ.

މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މެމްފިސް ގްރިޒްލީސް ވަނީ 155-126 ގެ ބޮޑު ތަފާތަކުން ޓޮރޮންޓޯ ރެޕްޓާސް ބަލިކޮށްފައެވެ. ސެކްރަމެންޓޯ ކިންގްސް އަތުން ޑެޓްރޮއިޓް ޕިސްޓަންސް މޮޅުވީ 114-113 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު