ENGLISH
06 ޖުލައި 2026
ބޯހިޔާވަހިކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވައިބަރ ކޮމިއުނިޓީތަކެއް އުފައްދައިފި
06 ޖުލައި 2026
|
ބޯހިޔާވަހިކަމާއި ގުޅުންހުރި ވައިބަރ ކޮމިއުނިޓީތަކެއް ވަނީ އުފައްދާފައި
އެންމެ މަޤްބޫލު
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތާއި، ބިންވެރިޔާ ސްކީމްގެ އެންމެފަހުގެ މަޢުލޫމާތުތައް ލިބޭ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކަށް ޚާއްސަ ވައިބަރ ކޮމިއުނިޓީތަކެއް ހަދައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 4 ވައިބަރ ކޮމިއުނިޓީއެއް އުފައްދާފައެވެ.
އެ ގޮތުން މި ވައިބަރ ކޮމިއުނިޓީތައް އުފައްދާފައިވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ޚާއްޞަކޮށްގެންނެވެ.
އަދި މީގެ އިތުރުން މަޝްރޫޢުގެ ދަށުން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ 3 ވައިބަރ ކޮމިއުނިޓީއެއް ވަނީ އުފައްދާއެވެ.
އެއީ:
• "ބިންވެރިޔާ ހުޅުމާލެ" ވައިބަރ ކޮމިއުނިޓީ
• "ބިންވެރިޔާ ގުޅިފަޅު" ވައިބަރ ކޮމިއުނިޓީ
• "ބިންވެރިޔާ ގިރާވަރުފަޅު" ވައިބަރ ކޮމިއުނިޓީ
• "ބޯހިޔާވަހިކަން އެންމެންނަށް" ވައިބަރ ކޮމިއުނިޓީ
"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެވެ.
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
މިހާރު ދަނީ ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގޯތި ދޫކުރުމަށް ބިން ހިއްކަމުންނެވެ.