ENGLISH
06 ޖުލައި 2026
ބޭސް ކުންފުނީގެ އިސްވެރިން ބ. އޭދަފުށީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފި
06 ޖުލައި 2026
|
ސްޓޭޓް ފާމާއިން ބ. އޭދަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރ ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ސްޓޭޓް ފާމާ
އެންމެ މަޤްބޫލު
ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު އާއި ކުންފުނީގެ މެނޭޖްމަންޓުން ބ. އަތޮޅު އޭދެފުށީ ކައުންސިލާއި ބައްދަލުކޮށް ކުންފުނީގެ ހާއްސަ ޕްލޭނާ ގުޅޭ މައުލޫމާތު ހިއްސާކޮށްފިއެވެ.
މި ބައްދަލުވުމުގައި، ކައުންސިލުން ވަނީ ބޭސް ލިބުމުގަޔާއި ދާއިމީ ބައްޔަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ބޭސް ލިބުމުގެ ދިމާވަމުންދާ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިކަމާއި ގުޅިގެން، ކުންފުނީގެ އެމްޑީ ވަނީ، ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުންފުނިން ގެންގުޅޭ ޙާއްސަ ޕްލޭނާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ވަނީ ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފައެވެ. މި ބައްދަލުވުމުގައި އިިތުރަށް ވަނީ، ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް ކުންފުނިން ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު އިތުރަށް ހިއްސާކޮށް، އަހުލުވެރި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
ކުރިން އެސްޓީއޯގެ ދަށުން ހިންގަމުން އައި ބޭސް ފިހާރަތައް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ.
ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ.