ENGLISH

06 ޖުލައި 2026

Advertisement

ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: ސައީދު

06 ޖުލައި 2026

|

އައިމިނަތު ޝަފާ

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ، ފޮޓޯ؛ މަޖިލިސް އިދާރާ.

ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. 

ޑޮލަރުގެެ އަގު އުފުލުމާއި ތަކެތީގެ އަގު ބޮޑުވުމާ ގުޅޭގޮތުން ވަޒީރާ އަމާޒުކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މިއަދު މިހާލަތު ކުރިމަތިވީ މާލިއްޔަތު ގާނޫނު ސަސްޕެންޑުކޮށް އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕްކުރުމުންކަމަށެވެ. 

"އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ރާއްޖޭގެ އިގްތިސާދު ފުނޑާލީ، އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ރާއްޖޭގެ މިނިވަންކަން ކޮމްޕްރަމައިޒްކުރީ، އެމްޑީޕީއަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ދައުލަތް އެފުށް މިފުށަށް ޖަހަނީ. ފަނޑިޔާރުން ފަހަތުން ދުވަނީ. ފަނޑިޔާރުންގެ ގެއަށް، ގޭދޮށަށް، ޓޭންކަރު ފޮނުވައި، ބިރުދައްކައި، އެތައް ކަމެއް ނޫންތޯ ކުރި، އަދި ޑޮލަރުގައި 10 ރުފިޔާއާއި 15 ރުފިޔާއާ ދޭތެރޭ ބޭންޑެއް އެޅުވީ ހަމަ ތިބޭފުޅުން ނޫންތޯ؟،". ވަޒީރު ވިދާޅުވިއެވެ. 

ބާޒާރުގައި ތަކެތީގެ އަގު އުފުލުނީ ބޭރުގެ މާލީ އިދާރާތަކުން އިންޒާރު ދެމުން ދަނިކޮށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އޮރެންޖާއި އާފަލު ހިމެނޭހެން 36 ބާވަތެއްގެ މުދަލުގެ އަގު ބާޒާރުގައި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ނުދޭނެ ބޭރުގެ ކުންފުންޏަކަށް އޮރެންޖު ގެންނާކަށް، އަޅުގަނޑުމެންގެ ވާޖިބެއް އެއީ ރައްޔިތުން ކައިގެންބޮއިގެން ތިބިތޯ ޔަގީންކުރުން، ރައްޔިތުންގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަލިއްޔުލްއަމުރުގެ މައްޗަށް ލާޒިމުވާ ކަމެއް،". ވަޒީރު ވިދާޅުވިއެވެ.

ބާޒާރުގައި ތަކެތީގެ އަގު މައްޗަށްދާދިއުން ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ސިޔާސަދަށުން އެސްޓީއޯ މެދުވެރިކޮށް 26 ބާވަތެއްގެ މުދާ ރާއްޖެއަށް ގެނެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ މުދާ ކަށަވަރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު