ENGLISH
06 ޖުލައި 2026
ހަނިމާދޫގައި ބިނާކުރާ މިސްކިތުގެ ސްލެބް އެޅުމަށް ފޯމްވޯކް މަސައްކަތް ކުރަނީ
06 ޖުލައި 2026
|
ހަނިމާދޫ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ހދ. ހަނިމާދޫގައި ބިނާކުރަމުންދާ މިސްކިތުގެ ސްލެބް އެޅުމަށް، ފޯމްވޯކް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ހަނިމާދޫ މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެެވެ. މި މަޝްރޫއުގެ ދަށުން މިސްކިތުގައި މަސައްކަތް ހުއްޓިފައިި ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ހަނިމާދޫ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މި މިސްކިތް ތަރައްޤީކުރަނީ 7933 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ. އެއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ނައިބު އިބްރާހީމް އާސިމެވެ.
2645 މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ހަނިމާދޫއަކީ އެއަރޕޯޓެއް ޤާއިމްކުރެވިފައިވާ ރަށެއްކަމުން ގިނަ އަދަދެއްގެ ބަޔަކު އެރަށަށް ޒިޔާރަތްކުރެއެވެ.