ENGLISH

04 ޖުލައި 2026

Advertisement

ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އަޒްނީނަށް ރަން މެޑެލް

04 ޖުލައި 2026

|

އިސްމާއިލް ޝާހު

ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރަން މެޑެލް ހޯދި އަޒްނީން ---

ބޫޓާނުގައި ކުރިއަށްދިޔަ 16 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ޓީމުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

އެގޮތުން އަޒްނީން ރަޝާދު ރަން މެޑަލް ހޯދިއިރު، އަޙްމަދު ނައީމް އަދި އަލީ މަބްރޫކް ލަތީފް ވަނީ ރިހި މެޑަލް ހާސިލުކޮށްފައެވެ. އަޒްނީން ރަން މެޑެލް ހޯދާފައިވަނީ މެންސް އެތުލެޓިކް ފިޒީކް 167 ސެންޓިމީޓަރު ބައިންނެވެ.

ނައީމް ރިހި މެޑެލް ހޯދީ މެންސް އެތުލެޓިކް ފިޒީކް 170 ސެންޓިމީޓަރު ކެޓެގެރީގައި ވާދަކޮށްގެންނެވެ. އަދި މަބްރޫކް ރިހި މެޑެލް ހޯދާފައިވަނީ މެންސް އެތުލެޓިކް ފިޒީކް 175 ސެންޓިމީޓަރު ބައިގައި ވާދަކޮށްގެންނެވެ. މީގެ އިތުރުން ޓީމުގެ އެހެން ބައެއް އެތުލީޓުންވެސް ވަނީ އެކި ކެޓެގެރީތަކުން ގަދަ ފަހެއްގެ ތެރޭގައި ހިމެނިފައެވެ.

ކޯޗު ޢަބްދުލްހަސީބް ހުސައިންގެ އިރުޝާދުގެ ދަށުން ވާދަކުރި މި ޓީމުން ބޫޓާނުގެ ތިމްޕޫގައި ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވަނީ އޭޝިއާގެ ވަރުގަދަ އެތުލީޓުންނާ ވާދަކޮށްގެންނެވެ.  

ކިޔުންތެރިންގެ ހިޔާލު