ENGLISH

04 ޖުލައި 2026

Advertisement

ސިޓީ ދޫކޮށް އަކޭ ތުރުކީގެ ފެނަބާޗޭއަށް

04 ޖުލައި 2026

|

އިސްމާއިލް ޝާހު

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ނެދަލެންޑްސްގެ ޑިފެންޑަރު ނޭތަން އަކޭ --- ފޮޓޯ: ގެޓީ

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ނެދަލެންޑްސްގެ ޑިފެންޑަރު ނޭތަން އަކޭ، 8.5 މިލިޔަން ފައުންޑާ ގާތްކުރާ އަދަދެއްގެ ފީއަކަށް ތުރުކީގެ ފެނަބާޗޭއާ ގުޅިއްޖެއެވެ.

އުމުރުން 31 އަހަރުގެ އަކޭ ވަނީ ފީފާ ވޯލްޑް ކަޕް 2026 ގައި ނެދަލެންޑްސްގެ ޓީމުގައި ހިމެނި، ތިން މެޗެއް ކުޅެފައެވެ. ނަމަވެސް މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯ އަތުން ބަލިވެ، ނެދަލެންޑްސް ވަނީ މުބާރާތުން ކަޓާފައެވެ.

ސިޓީގައި އަކޭ ހޭދަކުރި ހަ އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ އިނގިރޭސި ޕްރިމިއަރ ލީގު ހަތަރު ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ދެ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ކުލަބާ ވަކިވަމުން އަކޭ ބުނީ، "ވޭތުވެދިޔަ ހަ އަހަރު މެންޗެސްޓަރ ސިޓީ ތަމްސީލުކުރުމަކީ އަހަންނަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، މިފަދަ ޚާއްސަ ޓީމެއްގެ ބައެއްގެ ގޮތުގައި ހުރެވުނީތީ ވަރަށް އުފާކުރާ" ކަމަށެވެ.

2020 ވަނަ އަހަރު ބޯންމަތުން 40 މިލިޔަން ފައުންޑަށް ސިޓީއާ ގުޅުނު އަކޭ ވަނީ އެ ކުލަބަށް ޖުމްލަ 177 މެޗު ކުޅެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު