ENGLISH

04 ޖުލައި 2026

Advertisement

އަނިޔާގެ ސަބަބުން ޗުއަމެނީއަށް ޕެރަގުއޭއާ ދެކޮޅަށް ނުކުޅެވޭނެ

04 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ސްވިޑަންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ފްރާންސްގެ މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީ --- ފޮޓޯ: ގެޓީ

ފްރާންސްގެ މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މިރޭ ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި މުބާރާތުގައި ފްރާންސް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އުމުރުން 26 އަހަރުގެ ޗުއަމެނީގެ ބަދަލުގައި ދެން ކުޅެން އަރާނެ ކަމަށް ބެލެވެނީ މަނޫ ކޯނޭއެވެ.

ފްރާންސް މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރީ ގްރޫޕް އައިގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވެ،  ދެވަނަ ބުރުގައި ސްވިޑަންގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ވަނީ ފަސޭހަކަމާއެކު ކުރިހޯދާފައެވެ.

އެމެރިކާގެ ފިލަޑެލްފިއާގައި މިރޭ ދަންވަރު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 02:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު