ENGLISH
04 ޖުލައި 2026
މަންފާ އެކެޑަމީ ރަސްމީކޮށް އިފުތިތާހުކޮށްފި
04 ޖުލައި 2026
|
މަންފާ އެކެޑަމީ ރަސްމީކޮށް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މަންފާ
އެންމެ މަޤްބޫލު
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް އަންނަ "މަންފާ" ގެ ފަރާތުން އުފެއްދި "މަންފާ އެކެޑަމީ" ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މަންފާ އެކެޑަމީ އިފުތިތާހުކޮށްދެއްވީ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒެއިންނެވެ.
މި ރަސްމިއްޔާތުގައި މަންފާ އެކެޑަމީ އިފުތިތާހުކުރުމުގެ ގޮތުން ވަނީ އެކަމަށް ޚާއްސަ ވީޑިއޯއެއް ދައްކާލާފައެވެ. އޭގެ ފަހުން މަންފާ އެކެޑަމީގެ ރަސްމީ ޖާޒީ ވަނީ ސުޒެއިނަށް ހަދިޔާކޮށްފައެވެ. ސުޒެއިނަށް ޖާޒީ ހަދިޔާކުރެއްވީ މަންފާ އެކެޑަމީގެ ޗެއާމަން އަލީ ރަމީޒް އާއި މަންފާ އެކެޑަމީގެ ރައީސް މުޙައްމަދު ސާޖިދެވެ.
މަންފާ އެކެޑަމީ ރަސްމީކޮށް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މަންފާ
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކެޑަމީގެ ޗެއާމަން އަލީ ރަމީޒު ވިދާޅުވީ، މިއީ ކުޅިވަރުގެ ދާއިރާއަށް އިސްލާމީ ދައުވަތު ފޯރުކޮށްދިނުމަށް ފެށުނު އައު ބާބެއް ކަމަށާއި، މި އެކެޑަމީ ވެގެންދާނީ މި ދާއިރާގައި ނަމޫނާ ބައިވެރިއަކަށް ކަމަށެވެ.
މަންފާ އެކެޑަމީ ރަސްމީކޮށް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: މަންފާ
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ފާހަގަކުރެއްވި ގޮތުގައި، ކުޅުންތެރިންނަށް ދީނީ ކަންކަން ބުނެދީ، އެކެޑަމީތަކުގައި ދީނީ މިންގަނޑުތައް ހިފެހެއްޓުމަކީ ކުޅިވަރުގެ ދާއިރާއަށް މިހާރު ވަރަށް ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން އެކަޑަމީގެ ހިންގުމުގައި ތިއްބެވި ކުލަބު ގްރީން ސްޓްރީޓްސްގެ ކުރީގެ ކޯޗު އަލީ ނިސްތާރު މުޙައްމަދާއި، މަންފާ އެކެޑަމީގެ ރައީސް ސާޖިދު ފަދަ ފަންނީ ބޭފުޅުންގެ ސަބަބުން ދިވެހި ކުޅިވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.