ENGLISH

18 އޭޕްރީލު 2025

Advertisement

ސިޓީ އަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުޞަތު ގެއްލިދާނެ: ގާޑިއޯލާ

26 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ. --ފޮޓޯ: ގެޓީ އިމޭޖަސް

ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާރ ސިޓީގެ ފޯމް މި ވަގުތު ދަށްވެފައި އޮތުމާއެކު އަންނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުޞަތު ގެއްލުމުގެ ބިރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިހާތަނަށް ޖެހިޖެހިގެން 14 ސީޒަނުގައި ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތުގައި ވާދަކޮށް، 2023 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވާ ސިޓީ އަށް ލީގުގައި، އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.

ގާޑިއޯލާގެ ވާހަކައިގައި ވަނީ، ޗެމްޕިއަންސް ލީގު ފަދަ ޝަރަފުވެރި މުބާރާތެއްގައި ކުޅުމުގެ މުހިއްމު ކަމާއި، އެ މުބާރާތުގެ ހައިބަތު ފާހަގަކޮށްފައެވެ.

ގާޑިއޯލާ ބުނީ، މީގެކުރީން ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުޞަތު ލިބުމަކީ ކާމިޔާބެއްގެ ގޮތުގައި ސިފަކުރާތީވެ މީހުން މަލާމާތްކުރާ ކަމަށެވެ. އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބައެއް މީހުން ޤަބޫލުނުކުރި ނަމަވެސް، އިނގިރޭސި ކްލަބުތަކަށް އެ މައްސަލަ ދިމާވަމުން އަންނާތީވެ އެއީ ކިހާ މުހިއްމު ކަމެއްކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުތަކުގައި ލީގު ޑޮމިނޭޓްކޮށް، ތަށި ކާމިޔާބުކޮށްފައިވާ ސިޓީ އަށް ތާވަލްގައި މި ވަގުތު ލިބިފައިވަނީ ހަތްވަނަ އެވެ. ތާވަލްގެ އެންމެ ކުރީގައި އުޅޭ ލިވަޕޫލާއި ސިޓީއާ ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. 

ކިޔުންތެރިންގެ ހިޔާލު