ENGLISH

03 ޖުލައި 2026

Advertisement

ސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް

03 ޖުލައި 2026

|

އަޙުމަދު ޙަމީދު

ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކުރުން --

ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ދީނީ އިޖުތިމާޢީ އަދި އެހެނިހެން ދާއިރާތަކުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ކައުންސިލާއެކު ސޮއެކުރެވުނު މި ފަހުމުނާމާގެ މުއްދަތަކީ ހަތަރު އަހަރު މުއްދަތު ކަމަށް ސަލަފުން ބުންޏެވެ.

މި ފަހުމުނާމާގެ ދަށުން، ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އިޖުތިމާޢީ އެކިއެކި މަސައްކަތު ބައްދަލުވުންތައް ހިންގައިދިނުމާ، ކޮންމެ ތިން މަހަކުން އެ ކައުންސިލާއި ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިމެނެ އެވެ. އަދި ކައުންސިލުން އެދިއްޖެ ޙާލަތެއްގައި، ޝަރުޢީގޮތުން އެކި ކަންކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީސް މެދުވެރިކޮށް ލަފާ ދިނުންވެސް މި ފަހުމުނާމާގައި އެއްބަސްވެވުނު ކަންކަމުގެތެރޭގައި ހިމެނެ އެވެ.

މާވަށު ކައުންސިލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އެ ކައުންސިލްގެ މެމްބަރު ފާޠިމަތު ޝެހެނާޒް އެވެ. އަދި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސޮއިކުރީ، ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން، އައްޝައިޚް މުޖުތަބާ ޙަމީދު އެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، މާވަށު ކައުންސިލާއި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން މި ހަފްތާގައި އެ ރަށުގައި ކުރިއަށް ގެންދާ “ހަފްތާ ބަންދު ދަރުސް” ޕްރޮގްރާމުގެ ތެރެއިން، ރޭ، މާވަށު އިޖުތިމާޢީ މަރުކަޒުގައި، ޢާންމުންނަށް ހުޅުވާލައިގެން ބޭއްވި ޚާއްޞަ ދަރުހަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު